އިންޑިއާގައި އެޕަލްގެ އޮންލައިން ސްޓޯރެއް ހުޅުވަނީ

އިންޑިއާގައި އެޕަލްގެ އޮންލައިން ސްޓޯރެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި، އިންޑިއާގެ އެޕަލް އޮންލައިން ސްޓޯރް ހުޅުވާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އިންޑިއާގައި ހުޅުވިގެންދާ މި ސްޓޯރްގެ ސަބަބުން، އެޕަލްގެ އުފެއްދުންތައް ސީދާ އެޕަލް ކުންފުނިން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޮންލައިން ސްޓޯރުން، އެޕަލްގެ ހުރިހާ އުފެއްދުންތައް ގަންނަން ލިބޭނެ ކަމަށާއި ސަޕޯޓް ހިދުމަތްވެސް ލިބޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެޕަލް އިން ދައްކާލި އެޕަލް ވޮޗް އަދި އައިޕެޑްވެސް ގަންނަން ލިބޭނެ ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ.