ސައިންސްވެރިން ބުނަނީ ބޮޑެތި މީހުންވެސް ކުލަ ޖައްސަން ފަށަންވީ ކަމަށް

ކުޑައިރު، ކުރެހުމާއި ކުލަ ޖެއްސުމުގައި އެތައް ވަގުތެއް ހޭދަކޮށްލި ހަނދާން އެބަހުރި ހެއްޔެވެ؟ ހަމަ ޔަގީނުންވެސް ގިނަ ބަޔަކު މި ހަނދާންތައް އަދިވެސް ހުންނާނެއެވެ.

އާއިލާ ބަލަހައްޓަމުން ވަޒީފާ އަދާކުރަމުންދާ މީހުންވެސް މިހާރު މި އޮތީ އަލުން އަނބުރާ މިކަން ކުރަން ފަށަން ޖެހިފައެވެ. ސައިންސްވެރިން ބުނާ ގޮތުން ކުރެހުމާއި ކުލަޖެއްސުމަކީ ހަމައެކަނި ކުޑަކުދިންނަށް އޮތް ކަމެއް ނޫނެވެ. ބޮޑެތި މީހުންވެސް ކުރަންވީ ކަމަކީ ކުރެހުމާއި ކުލަޖެއްސުމެވެ. އެއީ ފަންސޫރު، ގަލަން، ކްރެޔޯންސް ބޭނުންކޮށްގެން ވީނަމަވެސް މައްސަލައެއް ނެތެވެ.

ކުރެހުމާއި ކުލަ ޖެއްސުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ މީހާގެ ސްޓްރެސް މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. އަދި ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

ސެން ފްރެންސިސްކޯގެ ސްޓޭޓް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުން، މަސައްކަތު މާހައުލުގެ ބޭރުން، މީހާ ދައްކާ މިފަދަ ކްރިއޭޓިވިޓީގެ ސަބަބުން ވަޒީފާގެ މާހައުލުގައި އޭނާއަކީ އިނޮވޭޓިވް މީހެއްގެ ގޮތުގައި ބެލެވިގެންދެއެވެ.

އޮފީހުގައި ބާކީވާ ކަރުދާސްކޮޅުތަކުގައި، ކުދިކުދި ކުރެހުންތައް، ނުވަތަ ރީތި ފޮންޓަކުން ނަމެއް ލިޔެލުން ފަދަ ކަމެއް ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ނިދާއިރު ބައެއް މީހުންނަކީ އެނދުމަތީގައިވެސް ފޯނު ބޭނުންކުރާ ބައެކެވެ. ސައިންސްވެރިން ބުނާ ގޮތުން ފޯނުގެ ބަދަލުގައި މިފަދަ ވަގުތެއްގައިވެސް ކުލަ ޖައްސާ ފޮތެއް ގެންގުޅުން މާ ރަނގަޅެވެ. ކުލަ ޖައްސާ ފޮތެއް ގެންގުޅުމުން ނިދުމަށް ފަސޭހަވެގެންދާ ކަމަށާއި ފޯނުގެ ނޫ ސްކްރީންގެ ސަބަބުން ލޮލަށް ލިބޭ ގެއްލުމުންވެސް ރައްކާތެރިވެވޭނެ ކަން ސައިންސްވެރިން ފާހަގަކުރެއެވެ.

މުކައްރަމް

އަސްލުވެސްތަ

އައިޝާ

ދެން ސައިންސްވެރިން ބުނެދާނެ ދޯ ބަތް ކައްކާ ކުޅޭށޭވެސް، ނޫނީ އަކުންބަކުން، ގަނޑު ފިއްލާ ކުޅޭށޭވެސް