ގިނަވަގުތައް ސެންޓުގެ ވަސްބަހަޓަން ބޭނުންތަ؟

ގައިން މީރުވަސް ދުވާނަމަ ހިތްހަމަޖެހުން ލިބެއެވެ. މުޅިދުވަހު އެމީރުވަސް ގައިގައި ދެމެހެއްޓުމަށްޓަކައި އަގުބޮޑެތި ސެންޓު ބޭނުން ކުރުމާއި، ކޮންމެ ދެތިން ގަޑިއަކުން ސެންޓު ޖެހިކަމުގައި ވީނަމަވެސް މިކަން ކާމިޔާބެއް ނުވެއެވެ.

ސެންޓުގެ ވަސް ގިނަވަގުތު ނުހުންނަނީ، ސެންޓު ބޭނުން ކުރެވޭގޮތް ގޯސްވުމުން ކަމަށްވެސް ވެދާނެއެވެ. ގިނަ ވަގުތަށް ސެންޓުގެ ވަސް ދެމެހެއްޓުމަށްޓަކައި ހަށިގަނޑުގެ ބައެއް ތަންތަނަށް ސެންޓު ޖެހުމުން، އޭގެ ވަސް ގިނަ ވަގުތަށް ދެމިގެންދެއެވެ.

އިސްތަށިގަނޑު: ފައިބަރު ގައި ސެންޓުގެ ވަސް ގިނަވަގުތު ހިފަހަށްޓައެވެ. ގުދުރަތީގޮތުން އިސްތަށިގަނޑަކީ ފައިބަރުކަމުން އިސްތަށިގަނޑުގައި ގިނަވަގުތު ވަސް ހިފަހައްޓައެވެ. އިސްތަށިގަނޑުގައި މީރުވަސް ދުއްވުމަށްޓަކައި ފުރަތަމަ ފުނަލަކަށް ސެންޓު ޖަހާލުމަށް ފަހު އެފުނަލުން ފުނާއަޅާށެވެ. ސެންޓު ސީދާ އިސްތަށިގަނޑަށް ޖަހާނަމަ އިސްތަށިގަނޑު ހިކުން އެކަށީގެންވެއެވެ.

އުޅަނބޮށީގެ އެތެރެ ފަރާތް: އަތުގެ ކުޑަހުޅު ކައިރިއަށްވުރެ ރަނގަޅީ އުޅަނބޮށީގެ އެތެރެ ފަރާތަށް ސެންޓު ޖެހުމުންނެވެ. ސަބަބަކަށް ވަނީ މިއީ ޕަލްސް ޕޮއިންޓަކަށްވުމެވެ. ޕަލްސް ޕޮއިންޓްތަކަކީ ލޭގެ ހޮޅިތައް އެންމެ ހަންގަނޑާއި ކައިރި ހިސާބުކަމުން އެތަންތަނުގައި އުފެދޭ ހޫނުން ގިނައިރަށް ސެންޓުގެ ވަސް ދަމަހައްޓައެވެ.

ކަންފަތުގެ ފަހަތް: ކަންފަތުގެ ފަހަތަކީވެސް ޕަލްސް ޕޮއިންޓެކެވެ. އޭގެ އިތުރަށް މިތަނަކީ ހަށިގަނޑުގެ އެހެންތަންތަނާއި ހިލާފަށް ތެޔޮ އުފެދޭ ތަނެކެވެ. ތެލަކީ ސެންޓުގެ ވަސް ގިނަ އިރު ދަމަހައްޓާ އެއްޗެކެވެ.

ކަކުލުގެ ދަށްފަރާތް: މިއީވެސް ޕަލްސް ޕޮއިންޓަކަށްވެފައި ހޫނު އަރާތަނެއް ކަމުން ގިނަ ވަގުތަށް ސެންޓުގެ ވަސް ހުރެއެވެ.

 

ފޫޅު: މިއީ ވަރަށް އާކަމަކަށް ވެދާނެއެވެ. ފޫޅަކީ ވަރަށް ބޮޑަށް ހޫނު އަރާތަނެއް ކަމުން ގިނަ ވަގުތަށް ސެންޓުގެ ވަސް ދެމިގެންދެއެވެ.

އިތުރު ޓިޕްސް:

 ސެންޓް ސްޕްރޭ ކުރިކަމުގައި ވީނަމަވެސް ގައިގައި ނޫންގުޅާށެވެ. ސެންޓް ބާރަށް އުނގުޅާ ކަމުގައި ވާނަމަ އޭގެ މޮލިކިއުލްސްތަކަށް ބަދަލުއައުމުގެ ސަބަބުން ސެންޓުގެ ވަހަށް ބަދަލު އާދެއެވެ.

ސެންޓުގެ ވަސް މާގަދަނަމަ އޭގެވަސް މަޑުކޮށްލުމަށްޓަކައި ވައިގެ ތެރެއަށް ސެންޓު ބުރުވާލުމަށް ފަހު އޭގެތެރެއިން ހިންގާލުމުން ގައިގައި މަޑު ވަހެއް ހިފައެވެ.

ސެންޓު ހެދުމަށް ޖެހުމުގެ ބަދަލުގައި ގައިގެ ހަންގަނޑަށް ޖެހުމުން ވަސްމާގިނައިރަށް ދެމިހުރެއެވެ.

ބޮޑު ގޮހޮޑާ

މަގޭ އަންހެނުންނަށް 3 ދުވަހުން ސެންޓުފުޅިއެއް ހަމަ ހެޔޮވަރު. ޖަހަނީ ކޮންތާކަށް ކަމެއް ނޭނގޭ

ޒަކަރިއްޔާ

ފުށް ޖަހާނެ ގޮތްވެސް ކިޔާބަލަ މި އުޅޭ އަންހެނުންނަށް. ފެން ވަރަނީ އެއް ނޫން. ސެންޓާއި ފުށް ޖަހައިގެން އަބަދު އެ އުޅެނީ

ހޫ

އަންހެނުން އެކަނިތަ ސެންޓުން ފެން ވަރަނިީ ފިރިހެނުންނޯ؟

ޢިލަމް

ސެންޓް ހަށިގަންޑައް ޖެހުމުން ކެންސަރު ޖެހުމައް މަގުފަހިވާނެ.

ާތުއްތު

ބުރުގާ އަޅާ ކުދިން ސެންޓް ޖަހަންވީ ތަންތަން ވެސް ލިޔެލިނަމަ

ސެންޓު

ސެންޓުން ފެންވަރަން ވީކަންނޭންގެ....