ވައިން ހަކަތަ އުފައްދާ ނިޒާމެއް ކައިރީގައި، ސިމިއުލޭޓަރުގެ އެހީގައި ޑްރޯން އުދުއްސަނީ

ޑްރޯނަށް ހާއްސަ ސިމިއުލޭޓަރެއް ތައާރަފުކޮށްފި

ޑްރޯނަށް ހާއްސަކޮށްގެން، މައިކްރޮސޮފްޓުން ފްލައިޓް ސިމިއުލޭޓަރެއް ތައާރަފުކޮށްފިއެވެ.

ޕްރޮޖެކްޓް އެއާސިމްގެ ނަމުގައި ތައާރަފުކުރި މި ސިމިއުލޭޓާއަކީ، ޑްރޯން ދުއްވަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވެގެންދާނެއެވެ. އޭގެ އިތުރުން ޑްރޯން ކޮންޓްރޯލިން ސޮފްޓްވެއާ އިތުރަށް ތަރައްގީ ކުރުމަށް، މި ސިމިއުލޭޓާގެ ސަބަބުން އެހީތެރިވެދޭނެއެވެ.

ޑްރޯން އުދުއްސަން އުނދަގޫ ތަންތަނުގައި، މި ސިމިއުލޭޓާ ބޭނުންކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެއެވެ. ވިއްސާރައިގެ ސަބަބުން އަދި ގަދައަށް ވައިޖެހުމުގެ ސަބަބުން ޑްރޯނަށް ކުރާ އަސަރުވެސް ވާޗުއަލްކޮށް ބަލައިލެވޭނެއެވެ.

މައިކްރޮސޮފްޓްގެ ފްލައިޓް ސިމިއުލޭޓާ ގޭމަށް މިއަހަރުގެ ނޮވެމްބަރު މަހު 40 އަހަރު ފުރޭނެއެވެ.