މެޓަގެ ލޯގޯ

"މެޓަ" ގެ އާމްދަނީ ދަށަށް

ފޭސްބުކް އާއި އިންސްޓަގްރާމް ހިންގާ ކުންފުނި، "މެޓަ" ގެ އާމްދަނީ ދަށަށް ހިނގައްޖެއެވެ.

ފާއިތުވި ތިން މަސްދުވަހު، "މެޓަ" ގެ އާމްދަނީއަކީ 28.8 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އެއް އިންސައްތަ ދަށްވުމެކެވެ.

"މެޓަ" ގެ އާމްދަނީއަށް އަސަރުކުރި ސަބަބުތަކުގެ ތެރޭގައި، ވާދަވެރި ޕްލެޓްފޯމްތަކުގެ މަގުބޫލުކަން އިތުރުވުން ހިމެނެއެވެ. އެގޮތުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އިސްތިހާރު ކުރުމަށް ކުރާ ހޭދަ އިތުރުވުން ހިމެނެއެވެ.

ދުނިޔޭގެ އެޑް މާކެޓްގެ 20 އިންސައްތައަށްވުރެ ބޮޑު އިންސައްތައަކީ "މެޓަ" އެވެ.