ދޮންކޭލުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟

ދޮންކޭލަކީ އެންމެ އާންމު އެއް މޭވާއެވެ. ދޮންކޭލުގެ ތަފާތު ބާވަތްތައް ހުންނައިރު، އެކި ކުލައިގެ އަދި އެކި ރަހައިގެ ދޮންކެޔޮ ހުރެއެވެ.

ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ ދޮންކޭލުގައި ގިނަ އަދަދަކަށް ފައިބާ ހިމެނެއެވެ. އާންމުކޮށް މެދު-ސައިޒުގެ ދޮންކޭލެއްގައި 118 ގްރާމް ހުންނައިރު، މި ސައިޒުގެ ދޮންކޭލެއްގައި 3.1 ގްރާމް ފައިބާ، 1.3 ގްރާމް ޕްރޮޓީން އަދި 0.4 ގްރާމް ފެޓް ހިމެނެއެވެ.

މިއީ މި ސައިޒުގެ ދޮންކޭލަކު ރެފެރެންސް ޑެއިލީ އިންޓޭކް (އާރްޑީއައި) ލިބޭ މިންވަރެވެ. އާރްޑީއައި އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ހަށިގަނޑަށް ނިއުޓްރިއެންޓް ބޭނުންވާ މިންވަރެވެ.

ޕޮޓޭސިއަމް: އާރްޑީއައި ގެ 9 އިންސައްތަ

ވިޓަމިން ބީ6: އާރްޑީއައި ގެ 33 އިންސައްތަ

ވިޓަމިން ސީ: އާރްޑީއައި ގެ 11 އިންސައްތަ

މެގްނީސިއަމް: އާރްޑީއައި ގެ 8 އިންސައްތަ

ޕޮޓޭސިއަމް އަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާއެކެވެ. ދޮންކޭލަކީ ޕޮޓޭސިއަމް އެކުލެވޭ މޭވާއަކަށްވާތީ، ދޮންކެޔޮ ކެއުމުގެ ސަބަބުން ހިތުގެ ދުޅަހެޔޮ ކަމަށް މަގުފަހިކުރުވައެވެ. ޕޮޓޭސިއަމް އެކުލެވޭ ކާނާ ކެއުމުން، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 27 އިންސައްތައާ ހަމަޔަށް ކުޑަކޮށްދެއެވެ.

އާންމުކޮށް ދޮންކެޔޮ ކެއުމަކީ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށްދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުންވެސް ކެއުމުގައި ދޮންކެޔޮ ހިމެނުމުން، ލޭގެ ޕްރެޝަރު ތިރިކޮށްދިނުމަށް އެހީވެދެއެވެ. އޭގެ ސަބަބުން ކިޑްނީއަށް އޭގެ ރަނގަޅު އަސަރު ކުރެއެވެ.

ދޮންކޭލަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ މޭވާއެކެވެ. ދޮންކޭލުގައި ފައިބަރުގެ ވައްތަރެއް ކަމުގައިވާ ޕެކްޓީން ހިމެނޭއިރު، މިއީ ސަރުބީ ވިރުވައި ދަށްކޮށްދޭން އެހީވެދޭ މާއްދާއެކެވެ. އޭގެ އިތުރުން ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ރަނގަޅު ކުރުމަށްވެސް ދޮންކެޔޮ ކެވިދާނެއެވެ.