އަލަނާސި ފްރައިޑް ރައިސް

ބޭނުންވާ ތަކެތި:

2 ސަމުސާ ތެޔޮ

1 ފިޔާ (ކުދިކޮށް ގޮޅިކޮށް ކޮށާފައި)

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 ފެހި ބެލް ޕެޕަރ (ގޮޅިކޮށް ކޮށާފައި)

½ ކެރެޓު (ކުދިކޮށް ގޮޅިކޮށް ކޮށާފައި)

ސޮސެޖް (ކޮށާފައި) (ބޭނުން ވަރަކަށް)

3 ބިސް

3 ޖޯޑު ބަތް

2 ސަމްސާ ސޯއީ ސޯސް

ރަހަލާވަރަށް އަސޭމިރުސް

1 ޖޯޑު އަލަނާސި (ގޮޅިކޮށް ކޮށާފައި)

ހަދާނެގޮތް:

ތެއްޔެއްގައި ނުވަތަ ތާހެއްގައި، ތެޔޮ ކޮޅު ތެރެއަށް ފިޔާ، ލޮނުމެދު، ކެރެޓް، ބެލްޕެޕަރއާއި ސޮސެޖު ކޮޅު އަޅާލާފައި މެދު ގިނީގައި އެއްކޮއްލާށެވެ. ފިޔާ ކޮޅު ވަޅޯވުމުން ތަވާގެ، ނުވަތަ ތެލީގެ އެއްފަރާތަކަށް ހުރިހާ އެއްޗެއް ޖައްސާލުމަށްފަހު 3 ބިސް އަނެއް ފަރާތައް އަޅާށެވެ. އަދި ބިސް ކޮޅު ރޯ ފިލާދެން ދޭފަތުން ހާކާލާށެވެ. ރޯފިލުމުން އަނެއްބަޔާއި އެއްކޮއްލާށެވެ. އެޔަށްފަހު ބަތް، ސޮއީ ސޯސް، އަލަނާސިއާއި އަސޭމިރުސް ކޮޅު އަޅާފައި އެއްކޮށްލާށެވެ.