މީގެ ކުރިން ބޭއްވި އެޕަލް އިވެންޓެއްގެ ތެރެއިން

މިމަހު ބާއްވަން އުޅުނު އެޕަލް އިވެންޓް ކެންސަލްކޮށްފި

އެޕަލް އިން މިމަހު ބޭއްވުމަށް ހަމަޖެއްސި ލޯންޗް އިވެންޓް ކެންސަލްކޮށްފިއެވެ.

ޓެކްނޮލޮޖީ އާއި މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބީޖީއާރް.ކޮމް އިން ރިޕޯޓްކޮށްފައިވާ ގޮތުން މި ފޯނަށް ކިޔާނެ ނަމެއް ކަމަށް ބެލެވެނީ އައިފޯނު އެސްއީ 2 ނުވަތަ އައިފޯނު 9 އެކެވެ. ފޯނު ލޯންޗްކުރުމަށް ބާއްވަން އުޅުނު ހަފުލާ ކެންސަލްކުރީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީއެވެ.

"ރޫމާސް" ބުނާ ގޮތުން މި ފޯނުގައި، އައިފޯނު 11 ގައި ހިމެނޭ ފަދަ އޭ-ސީރީޒްގެ ޗިޕެއް އިންނާނެއެވެ. އަދި ފޯނުގެ އަގު އުޅޭނީ 399 ޑޮލަރަށެވެ. ފޯނުގެ ޑިޒައިން ހުންނާނީ އައިފޯނު 8 އާ އެއްގޮތަށް ކަމަށާއި ޓަޗް އައިޑީ ބަޓަން ހިމެނޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން އައިފޯނު އެސްއީ ލޯންޗްކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.