ކޯންފްލޭކްސް ބޯކިބާ

ބޭނުންވާ ތަކެތި:

3 ޖޯޑު ކޯން ފްލޭކްސް

1 ދަޅު ގެރި ކިރު

7 ފޮތި ޕާން

2 މޭޒުމަތީ ސަމްސާ ބަޓަރު

5 ބިސް

1 ސައިސަމްސާ ބޭކިންގ ޕައުޑަރ

½ ހިކި މޭބިސްކަދުރު

2 މޭޒުނަތީ ސަމްސާ ކޯން ފްލާ

ތައްޔާރު ކުރާނެގޮތް:

ކޯންފްލޭކްސްކޮޅާއި ޕާން އެއްކޮށް ފެނުން ފޯކޮށްގެން ރަނގަޅަށް މޮޑެލާށެވެ. ހަކުރާއި މޭބިސް ކަދުރު ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް، ފުރަތަމަ މޮޑުނުބަޔާއެކު ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ޓްރޭއަކަށް ހަކުރު އަޅާފައި އުނދުން މައްޗަށް އުދާލާފައި ހިތިރަހަ ނުދޭވަރަށް މުށިކުލަ އަރުވަލާށެވެ. އެޔަށްފަހު މޮޑުނުބަޔާއި އެއްކޮށްލާށެވެ. ދެން ހިކި މޭބިސްކަދުރު އެއްކޮށްފައި ޓްރޭގައި ބަޓަރު ކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ.