ޑާކް ޗޮކޮލެޓް ބަނާނާ "އައިސް ކްރީމް"

ބޭނުންވާ ތަކެތި:

4 ދޮންކެޔޮ

½ ޖޯޑު ޑާކް ޗޮކްލެޓް ޗިޕްސް

1 ސައި ސަމުސާ ވެނިލާ އެސެންސް

60 މިލިލީޓަރު ކިރު

ހަދާނެ ގޮތް:

ދޮންކެޔޮތައް ތުނިކޮށް ވައްކޮށް ކޮށާފައި، ފްރީޒާ އިން އެއްރޭ ވަންދެން ގަނޑުކުރާށެވެ. ދެން ހުރިހާ އެއްޗެއް (ދޮންކެޔޮ، ޑާކް ޗޮކޮލެޓް ޗިޕްސް، އެސެންސް ފޮދު، ކިރި ފޮދު) ބްލެންޑާއަކަށް އަޅާފައި މިކްސް ކޮށްލާށެވެ. ދެން ޓްރޭއަކަށް އަޅާފައި ފްރީޒާއަށް ގަނޑު ކުރަންލާށެވެ. ޓްރޭއަށް އަޅާއިރު އެހާ ބޯކޮށް އެޅުމުން ތިރީގައި ހުންނަބައި ރަނގަޅަށް ގަނޑު ނުވެދާނެކަމަށް ސަމާލުވާށެވެ.