މާމުއި ބޭނުންކޮށްގެން ހެދިދާނެ ސްކިން ކެއާ އުފެއްދުންތަކެއް

މާމުއި އަކީ ގުދުރަތީ މާއްދާއެކެވެ. ހަންގަނޑުގައި މާމުއި ބޭނުންކުރުމުން، ބެކްޓީރިއާގެ ސަބަބުން ހަންގަނޑަށްވާ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދެއެވެ. މާމުއިގައި ހުންނަ އެންޓިމިކްރޯބިއަލް އަދި އެންޓިއިންފްލިމެންޓޮރީ މާއްދާތަކުގެ ސަބަބުން، ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަކޮށްދިނުމާއި، ބިހި ނެގުމާއި ޑްރައި ސްކިން ފަދަ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ.

މިއީ ހަންގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށްޓަކައި މާމުއި ބޭނުންކޮށްގެން ހެދިދާނެ ބައެއް ރެމެޑީސްއެވެ.

ލުނބޯ އަދި މާމުއި

ލުނބޯއަކީ އޭގައި ވިޓަމިން ސީ އަދި ސިޓްރިކް ރެސިޑް އެކުލެވިގެންވާ އެއްޗެކެވެ. ލުނބޯ ބޭނުން ކުރުމުން، ހަންގަނޑު ތެޔޮވުމާއި ދުރުކޮށްދެއެވެ.

މި ޕޭސްޕެކް އިން މޫނުމަތީގައި ނަގާ، ތަދުވާ ބިހީގައި ދޮސްލުން ހުއްޓުވައިދެއެވެ. މި ޕޭސްޕެކް ހެދުމަށް ބޭނުންވާނީ ލުނބޯ ފަޅިއަކާއި އެއް މޭޒުމަތީ ސަމުސާ މާމުޔެވެ.

1- ލުނބޯ ހުތްކޮޅާއި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ.

2- އެހާ ބާރުގަދަ ނޫން ފޭސް ވޮޝްއަކުން މޫނު ދޮވެލުމަށްފަހު، ފެން ހިއްކާލާށެވެ.

3- ލުނބޯ ހުތްކޮޅާއި މާމުއި މޫނުގައި ހާކާލާށެވެ. މޫނުގައި ހާކާއިރު ލޮލާއި ކައިރީގައި ނުއުނގުޅާށެވެ.

4- އަދި 20 މިނެޓް ވަންދެން ބަހައްޓާށެވެ.

5- ތާފަނާ ފެނުން މޫނު ދޮވެލާށެވެ. އެއަށްފަހު އާދައިގެ ފެނުން މޫނު ދޮވެލާށެވެ.

6- ތުވާލި ބޭނުންކޮށްގެން ފެން ހިއްކާލާށެވެ.

މި ފޭސް މާސްކް ހަފުތާއަކު އެއް ފަހަރު ބޭނުންކޮށްލެވިދާނެއެވެ.

މާމުއި، ދޮންކެޔޮ އަދި ލުނބޯ

ދޮންކޭލަކީ އާންމުކޮށް ފޭސް މާސްކްތަކުގައި ބޭނުންކުރާ އެއްޗެކެވެ. މިއީ ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ. ދޮންކެޔޮ، މާމުއި އަދި ލުނބޯ އެކުގައި މޫނުގައި ބޭނުންކުރުމުން ހަންގަނޑު ރީތިކޮށްދިނުމަށް އެހީވެދެއެވެ. މިއީވެސް ހަފުތާއަކު އެއްފަހަރު ބޭނުން ކުރެވިދާނެ މާސްކްއެކެވެ.

1- ދޮންކެޔޮ ރީތިކޮށް ޗަސްކޮށްލުމަށްފަހު، މީގެ ތެރެއަށް މާމުއި އަދި ލުނބޯ ހުތްކޮޅު އެއްކޮށްލާށެވެ.

2- އެހާ ބާރުގަދަ ނޫން ފޭސް ވޮޝްއަކުން މޫނު ދޮވެލާށެވެ.

3- ލޮލާއި އެހާ ކައިރި ނުވާ ގޮތަށް މި ފޭސް މާސް މޫނުގައި ރީތިކޮށް ހާކާލާށެވެ.

4- 10 މިނެޓާއި 15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު މޫނު ދޮވެލާށެވެ. މޫނު ދޮވެލުމަށް ކުޑަކޮށް ހޫނު ފެން ބޭނުން ކުރެވިދާނެއެވެ.

 މާމުއި އަދި ޝިއާ ބަޓާ

ޝިއާ ބަޓަރުގައި ހުންނަ އެންޓި-އިންފްލެމެޓޮރީ މާއްދާގެ ސަބަބުން ހަންގަނޑުގައި ހުންނަ ހިރުވުންތައް ދުރުކޮށްދެއެވެ. މި މާސްކް ހެދުމަށް ބޭނުންވާނީ 1 މޭޒުމަތީ ސަމުސާ މާމުއި އަދި 1 މޭޒުމަތީ ސަމުސާ ޝިއާ ބަޓަރެވެ.

ޝިއާ ބަޓަރގައި ހުންނަ އެންޓި އިންފްލެމެޓޮރީ މާއްދާގެ ސަބަބުން ހަންގަނޑުގައި ހުންނަ ހިރުވުން ފިލުވާލަދެއެވެ. މި މާސްކް ހެދުމަށް ބޭނުންވަނީ 1 މޭޒުމަތީ ސަމްސާ މާމުއި އަދި 1 މޭޒުމަތީ ސަމްސާ ޝިއާ ބަޓަރއެވެ.

1- ޝިއާ ބަޓަރު އަދި މާމުއި އެއްކޮށްލާށެވެ.

2- މޫނާއި ކަރުގައި ރަނގަޅަށް މި އުނގުޅާލާށެވެ.

3- މި މާސްކް ހޭކުމަށްފަހު 15 މިނެޓާއި 20 މިނެޓް ވަންދެން ބަހައްޓާށެވެ.

4- އެހާ ބާރުގަދަ ނޫން ފޭސްވޮޝް އަކުން މޫނު ދޮވެލާށެވެ.