މެންސްޓުރަލް ކަޕްއެއް

މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑުގެ ބަދަލުގައި ކަޕް ބޭނުން ކުރުމުގެ ފައިދާތައް

މެންސްޓުރަލް ކަޕްގެ ވާހަކަ އަޑުނާހާ މީހެއް މިހާރު މަދުވާނެއެވެ. ތިމާވެއްޓަށް ފައިދާ ހުރި ބާވަތްތައް ތައާރަފު ވަމުންދާ މި ޒަމާނުގައި އަންހެނުން މައްސަރު ދުވަސްވަރުގައި ބޭނުން ކުރަންވެސް މި ވަނީ އެއްޗެއް ތައާރަފް ކޮށްފައެވެ. މި ކުޑަ ކުޑަ ތަށިން ވާނެ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ޕެޑު ގަންނަންދާ ހަރަދު މެންސްޓުރަލް ކަޕް ބޭނުން ކުރުމުން ސަލާމަތްވެގެން ދާނެ

މެންސްޓުރަލް ކަޕް އަކީ އެއްފަހަރަށް ވުރެން ގިނަ ފަހަރު ބޭނުން ކުރެވޭ އެއްޗެކެވެ. މިގޮތުން ކޮންމެ މަހަކު އެންމެ މަދުންވެސް ހަރަދު ކުރާމީހާ 30-35 ރުފިޔާ ޕެޑަށް ހަރަދު ކުރެއެވެ. އެއީ އަހަރަކު 360-420 ރުފިޔާއެވެ. ނަމަވެސް އެންމެ މެންސްޓްރަލް ކަޕެއް 1-2 އަހަރު ވަންދެން ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅުމުން ފުދޭނެއެވެ.

ކުނި މަދުވެ، ތިމާވެށި ސަލާމަތްވުން

ދުވަހަކުވެސް މި އުފެއްދެނީ ކިހާގިނަ ކުނި ކަމާއިމެދު ވިސްނާލިން ހެއްޔެވެ؟ މެންސްޓުރަލް ކަޕް ބޭނުން ކުރުމުން އެއްވެސް ވަރަކަށް ކުންޏެއްވެސް ނުއުފެދޭނެއެވެ. އަދި ޕެޑުން އުފެދޭ ޕްލާސްޓިކް ކުނި ތަކުންވެސް ތިމާވެށި ސަލާމަތްވާނެއެވެ.

އަބަދު ބަދަލު ކުރަން ނުޖެހުން

ކަޕްއިން ގިނަ ލޭ ހިފަހައްޓައިދޭނެއެވެ. މިހެންވެ ޕެޑް ބަދަލު ކުރާހާ އަވަސް އަވަހަށް ބަދަލު ކުރާކަށް ނުޖެހޭނެއެވެ.

ލީކްވުން މަދުވުން

ކޮންމެ އަހަންހެނެއްވެސް ރަހްމަތްތެރިއާއި އެކު އޮންނަ ސިއްރު ކޯޑުގެ ބޭނުން މެންސްޓުރަލް ކަޕް ބޭނުން ކުރުމުން އެހާ ބޮޑަކަށް ނުޖެހޭނެއެވެ.

ޖަރާސީމުން ޖެހޭ ބަލިތަކުން ދުރުވުން

ފޭކު ޕެޑު ނޭނގި ނަމަވެސް ބޭނުން ކުރުމުން އިންފެކްޝަން ޖެހުންމީ ވަރަށް ގާތުގައި ވާކަމެކެވެ. ނުވަތަ ނުގުޅޭ އެއްޗެއްބޭނުން ކުރުމުންވެސް މި ބިރު އެބައޮތެވެ. އަދި މީގެ އިތުރުން ޕެޑު އުފެއްދުމުގައި ބޭނުން ކޮށްފައި ހުންނަ ތަފާތު ކެމިކަލްތަކުގެ ސަބަބުން އެ ގުނަވަންތަކުގައި ހުންނަން ޖެހޭ ޕީއެޗް ލެވެލްއަށް ވެސް ބަދަލު އާދެއެވެ. ނަމަވެސް މެންސްޓުރަލް ކަޕް ރަނގަޅު ގޮތުގައި ބޭނުން ކުރުމުން މި ބިރު ފިލާދެއެވެ. އަދި ޑައިޕަރ ރޭޝް ޖެހުމުންވެސް ދުރުވާނެއެވެ.

ައަންހެނާ

ހާދަ ހީވޭ ޕެޑުގެ ޑިމާންޑް ވައްޓާލަން ދެއްކި ވާހަކައެއްހެން