ޕީރިއަޑް ތަދުތަކުން ސަލާމަތް ވާން ކުރާ ކަންތައް ކިޔާބަލަ!

މައްސަރުކަންތައް ޖެހުމުން ކޮންމެ އަންހެނަކަށްވެސް ކޮންމެސްވަރެއްގެ ވޭނެއް އުފުލަންޖެހެއެވެ. މިއީ ހަމައެކަނި ބަނޑަށްވާ ތަދެއް ނޫނެވެ. ބައެއް މީހުން ބުރަކަށީގައިވެސް ރިއްސައެވެ. އަދި އުރަމަތީގައާއި، ފައިގައާއި، ބޮލުގަވެސް ރިއްސައެވެ. އަދި އޭގެ އިތުރުން މޭނުބައިކޮށް، ބަނޑު ދިޔާވެ، އެތައްކަމެއް ދިމާވެއެވެ. މި ކިޔުނީ އަދި މަދު ކަމެކެވެ.

ޕީރިއަޑްވީމަ، އެންމެ ގިނަ މީހުން ތަހައްމަލު ކުރަންޖެހޭ އެންމެ ބޮޑު ވޭނަކީ ބަނޑުގައި ރިއްސުމެވެ. ތަދުވާން ފެށުމުން ތަދު ކަނޑުވާ ބޭސް ބައެއް އަންހެނުން ކައެވެ. ނަމަވެސް މިއީ ފަހުން ހަށިގަނޑަށް އެހާ ރަނގަޅު އަސަރު ކުރާނެ ގޮތެއް ނޫނެވެ. ހިކި މޭބިސްކަދުރު ފެނަށްލައިފާ ކެއުމުން ތަދުތައް ކަނޑުވައިދޭކަންވަނީ ދިރާސާތަކުން ދައްކާފައެވެ. މިއީ ބޭސް ކެއުމުގެ ބަދަލުގައި ކުރެވިދާނެ ކަމެކެވެ.

ބަނޑަށް ހޫނު ކުރުމުން މި ތަދު އިރުކޮޅަކަށް ފިލާދެއެވެ. ހޫނުފެން ހަމަކީ ހަމަގައިމުވެސް މައްސަރުދުވަސްވަރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

ލުއި ކަސްރަތު ކުރުމުންވެސް މި ތަދަށް ލުއިކަމެއް ލިބޭނެއެވެ. އަބަދު އެއްތާކު އެއްގޮތަކަށް އޮތުމުގެ/އިނުމުގެ ބަދަލުގައި ހިނގާލާށެވެ. އޭރުންވެސް ލުޔެއް ލިބިދާނެއެވެ.

ތަދު ކަނޑުވަން ތިބޭފުޅުން ކުރަނީ ކީއްހެއްޔެވެ؟