ޗެޓްޖީޕީޓީ މަނާކޮށްފައި އޮތް އޮތުން އިޓަލީން ނިމުމަކަށް ގެނެސްފި
އޯޕަންއޭއައިގެ ޗެޓްޖީޕީޓީ މަނާކޮށްފައި އޮތް އޮތުން އިޓަލީން ނިމުމަކަށް ގެނެސް ޗެޓްޖީޕީޓީ ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.
އިޓަލީގައި ޗެޓްޖީޕީޓީ ބޭނުން ނުކުރެވޭ ގޮތް އެ ގައުމުގެ ޑޭޓާ-ޕްރޮޓެކްޝަން އޮތޯރިޓީން ހެދީ މިއަހަރުގެ އެޕްރީލް މަހުގެ ކުރީ ކޮޅު އެވެ.
ޗެޓްޖީޕީޓީ ބޭނުންކުރެވޭ ގޮތް އަލުން ހަދާފައިވާއިރު ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.
ޗެޓްޖީޕީޓީއަށް ކުރިން ރަޖިސްޓާކޮށްފައިވާ މީހުންނަށް ޗެޓްޖީޕީޓީ ބޭނުންކުރެވޭއިރު އިޓަލީގައި ޗެޓްޖީޕީޓީއަށް އަލަށް ރަޖިސްޓާވާ މީހުން އުމުރު ވެރިފައި ކުރަންޖެހޭ ގޮތް ވަނީ ހަދާފަ އެވެ.
އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ތުހުމަތުކުރާ ގޮތުގައި ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އުމުރު ބެލުމުގައި އޯޕަންއޭއައި ވަނީ ފެއިލްވެފަ އެވެ.
އޯޕަންއޭއައި އިން ބުނި ގޮތުގައި އިޓަލީގައި އަލަށް ޗެޓްޖީޕީޓީ ބޭނުންކުރާ މީހުން މިހާރު އުމުރު ކަށަވަރުކޮށްދޭން ޖެހޭނެ އެވެ.
އިޓަލީގެ ރެގިއުލޭޝަން އޮތޯރިޓީން ވަނީ އޯޕަންއޭއައި އިން އެޅި ފިޔަވަޅުތަކަށް މަރުހަބާ ކިޔާފަ އެވެ.