ސެމްސަންގް ގެ އާ އުފެއްދުންތައް ދައްކާލައިފި
ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާ 5ޖީ ހިމެނޭ ގޮތަށް، ސެމްސަންގް ގެ އާ އުފެއްދުންތައް ދައްކާލައިފިއެވެ.
ބުދަ ދުވަހު ބޭއްވި އިވެންޓްގައި، ސެމްސަންގް އިން ވަނީ ފަސް ފޯނާއި ދެ ޓެބްލެޓާއި ވޮޗް ދައްކާލާފައެވެ. ސެމްސަންގް އިން ދައްކާލި ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނެނީ ސެމްސަންގް ގެލެކްސީ ނޯޓް 20 އާއި ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ އާއި ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާގެ އިތުރުން ސެމްސަންގް ގެލެކްސީ ނޯޓް 20 އަލްޓްރާ 5ޖީ އަދި ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް2 5ޖީ އެވެ.
އޭގެ އިތުރުން ސެމްސަންގް ގެލެކްސީ ވޮޗް3 އާއި ސެމްސަންގް ގެލެކްސީ ޓެބް އެސް7+ އަދި ސެމްސަންގް ގެލެކްސީ ޓެބް އެސް 7 ވަނީ ދައްކާލާފައެވެ.
ސެމްސަންގް ގެލެކްސީ ނޯޓް20
މި ފޯނުގައި ހިމެނެނީ 6.7 އިންޗީގެ ޑިސްޕްލޭއެކެވެ. 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖެއް ހިމެނޭ މި ފޯނުގައި 8 ޖީބީގެ ރެމްއެއް ހިމެނެއެވެ. މި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނެއެވެ. އެއީ 12 މެގަޕިކްސެލްގެ ވައިޑް ކެމެރާއަކާއި 64 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއަކާއި 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެކެވެ. ފޯނުގައި ހިމެނޭ ސެލްފީ ކެމެރާއަކީ 10 މެގަޕިކްސެލްގެ ކެމެރާއެކެވެ.
ސެމްސަންގް ގެލެކްސީ ނޯޓް20 5ޖީ
މި ފޯނަކީވެސް 6.7 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފޯނެކެވެ. 128 ޖީބީ އާއި 256 ޖީބީގެ ސްޓޯރޭޖްގެ ފޯނު ނެރުމަށް ހަމަޖެހިފައިވާއިރު ރެމްއަކީ 8 ޖީބީއެވެ. މި ފޯނުގެ ފަހަތުގައިވެސް ހިމެނެނީ ތިން ކެމެރާއެވެ. އެއީ 12 މެގަޕިކްސެލްގެ ވައިޑް ކެމެރާއަކާއި 64 ޖީބީގެ ޓެލެފޮޓޯ ކެމެރާއަކާއި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. ސެލްފީ ކެމެރާއަކީ 10 މެގަޕިކްސެލްގެ ކެމެރާއެކެވެ.
ސެމްސަންގް ގެލެކްސީ ނޯޓ20ް އަލްޓްރާ
މި ފޯނުގެ ޑިސްްޕްލޭގައި 6.9 އިންޗި ހުރެއެވެ. 256 ޖީބީ އަދި 512 ޖީބީ އިންޓާނަލް ސްޓޯރޭޖްގެ ފޯނު ނެރުމަށް ހަމަޖެހިފައިވާއިރު ރެމް އަކީ 8 ޖީބީއެވެ. މި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުރެއެވެ. އެއީ 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއަކާއި 108 މެގަޕިކްސެލްގެ ވައިޑް-އޭންގަލް ކެމެރާއަކާއި 12 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެކެވެ. ސެލްފީ ކެމެރާއަކީ 10 މެގަޕިކްސެލްގެ ކެމެރާއެކެވެ.
ސެމްސަންގް ގެލެކްސީ ނޯޓް20 އަލްޓްރާ 5ޖީ
މި މޮޑެލްގެ 128 ޖީބީ އާއި 256 ޖީބީ އަދި 512 ޖީބީގެ ފޯނު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ރެމްއަކީ 12 ޖީބިއެވެ. ފޯނުގެ ފަހަތުގައި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި 108 މެގަޕިކްސެލްގެ ވައިޑް-އޭންގަލް ކެމެރާއަކާއި 12 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ. ސެލްފީ ކެމެރާއަކީ 10 މެގަޕިކްސެލްގެ ކެމެރާއެކެވެ.