ޓެލެގްރާމް އިން ވަން-އޮން-ވަން ވީޑިއޯ ކޯލްގެ އަލްފާ ވާޝަނެއް ލޯންޗްކޮށްފި

މެސެޖިން އެޕްލިކޭޝަން، ޓެލެގްރާމް އިން ވަން-އޮން-ވަން ވީޑިއޯ ކޯލްގެ އަލްފާ ވާޝަނެއް ލޯންޗްކޮށްފިއެވެ.

ޓެލެގްރާމްގެ ހަތްވަނަ އަހަރީ ދުވަހާއި ގުޅިގެން އާންމުކުރި ބަޔާނެއްގައި އެ ކުންފުނިން ބުނި ގޮތުގައި އެ ހިދުމަތް މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ލިބޭނެއެވެ. ޓެލެގްރާމުން ވީޑިއޯ ކޯލް ކުރުމަށް، ޓެލެގްރާމް އެޕްލިކޭޝަން ހުޅުވާލުމަށްފަހު ގުޅަން ބޭނުންވާ މީހާގެ ޕްރޮފައިލް އަށް އޮއްބާލުމަށްފަހު ވީޑިއޯ ކޯލު އިހުތިޔާރު ކުރެވޭނެ ކަމަށް ޓެލެގްރާމުން ވަނީ ބުނެފައެވެ.

ކޯލެއްގެ މެދުތެރެއިންވެސް ވީޑިއޯ ކޯލް އޮން އަދި އޮފް ކުރެވޭނެ ކަމަށް ޓެލެގްރާމް އިން ވަނީ ބުނެފައެވެ. ޓެލެގްރާމް އިން ހާމަކުރި ގޮތުގައި ވީޑިއޯ ކޯލްސްއަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ކޯލްތަކެކެވެ.

ގްރޫޕް ވީޑިއޯ ކޯލް ކުރެވޭނެ ގޮތް، މިއަހަރުގެ ފަހުކޮޅު ހަމަޖައްސާނެ ކަމަށް ޓެލެގްރާމުން ވަނީ މިއަހަރުގެ އެޕްރީލް މަހު އިއުލާނުކޮށްފައެވެ. ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ވަނީ 400 މިލިއަނަށް އަރާފައެވެ.