އެޕަލްގެ ހާއްސަ އިވެންޓެއް މިރޭ

އެޕަލްގެ ހާއްސަ އިވެންޓެއް މިރޭ އޮންނާނެއެވެ. މިއީ މިއަހަރު އެޕަލް އިން ބާއްވާ ބޮޑު ތިންވަނަ އިވެންޓެވެ.

މި އިވެންޓަށް އެޕަލް އިން ދައުވަތު ދެނީ "ވަން މޯ ތިންގް" ގެ ގޮތުގައެވެ. ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި އިވެންޓަކީ އެޕަލްގެ އާ މެކް ބުކް ދައްކާލާނެ އިވެންޓެވެ.

މިއަހަރުގެ ޖޫން މަހު ބޭއްވި އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް އިން ބުނީ އާ މެކް ޝިޕް ކުރަން ފެށޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.

އެޕަލް އިން މިއަހަރުގެ ތެރޭގައި މިހާތަނަށް ދެ އިވެންޓެއް ބާއްވާފައިވެއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގައި ބޭއްވި އިވެންޓްގައި އެޕަލް އިން ވަނީ އާ އެޕަލް ވޮޗް އައި އާ އައިޕެޑް ދައްކާލާފައެވެ. އޮކްޓޫބަރު މަހު ބޭއްވި އިވެންޓްގައި އެޕަލް އިން ވަނީ އާ އައިފޯނާއި ހޯމްޕޮޑް މިނީ ދައްކާލާފައެވެ.