މިއީ ފިރިހެނުންވެސް އޮފީހަށް ގެންދަންޖެހޭ ބައެއް ބިއުޓީ ޕްރޮޑަކްޓްސް

ގިނަ އަންހެނުންނަކީ އޮފީހަށް ދާއިރު، ބައެއް މުހިންމު ބިއުޓީ ޕްރޮޑަކްޓްސް، އަތް ދަބަހަށް އަޅައިގެން އޮފީހަށް ގެންދާ ބައެކެވެ.

ތިރީގައި މިވަނީ އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށްވެސް މުހިންމު އަދި އޮފީހުގައި ބެހެއްޓިދާނެ ބައެއް މުހިންމު ތަކެއްޗެވެ.

މޫނު ދޮންނަ ފުޅި

މޫނު ދޮންނަ ރަނގަޅު ފުޅިއެއް، އޮފީހުގެ ޑެސްކް މަތީގައި ކޮންމެހެންވެސް ހުންނަންވާނެއެވެ. ތިމާގެ ހަމާއި ގުޅޭ، ނަމަވެސް އެހާ ބާރުގަދަ ކެމިކަލް ނުހުންނަ އަދި ގުދުރަތީ މާއްދާތައް ހިމެނޭ ޕްރޮޑަކްޓެއް އިހުތިޔާރުކުރެވިދާނެއެވެ.

އޮފީހުގެ ފަރާތުން ކުއްލިއަކަށް މީޓިންގް އަކަށް ދާން ޖެހުނު ކަމުގައި ވީނަމަވެސް، މޫނު ދޮވެލުމަށް މިއީ ބޭނުންތެރި އެއްޗަކަށްވާނެއެވެ.

މޮއިސްޗަރައިޒާ

ހަންގަނޑު ތެޔޮކޮށް ހުންނަ ނަމަ، މޮއިސްޗަރައިޒާއެއް ބޭނުންވާނެއެވެ. މޮއިސްޗަރައިޒާއެއް އިހުތިޔާރުކުރާއިރު ތަތްކަން އެހާ ގަދަ ނޫން މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ.

ލިޕް ބާމް

އޭސީ ކުރެވިފައިވާ މާހައުލެއްގައި ގިނައިރު މަސައްކަތް ކުރާނަމަ ތުންފަތް ކުރަކިވާ ގޮތްވެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ރަނގަޅު ލިޕް ބާމެއް ބޭނުންކުރެވިދާނެއެވެ.

ކޮލޯން

މިއީ ހަނދާން ނައްތާލައިގެން ނުވާނެ އެއްޗެކެވެ. ހާއްސަކޮށް އޮފީސް ނިންމާލުމަށްފަހު، އެކުވެރިންނާއެކު ކެއުމަކަށް ނުވަތަ ޕާޓީއަކަށް ދާންޖެހޭނަމަ ގައިގައި މީރުވަސް ދުއްވާލަން ބޭނުން ކުރެވޭނެ އެއްޗެކެވެ.

ސެނަޓައިޒާ

މިއީވެސް ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް ރޯގާ ގިނަ ދުވަސްކޮޅެއްގައި ވަރަށް ބޭނުންތެރި އެއްޗަކަށްވާނެއެވެ.

ލިސްޓަރިން

މެންދުރު ބްރޭކް ގަޑީގައި، އަނގައިން ނުބައިވަސް ދުވާ ކަހަލަ އެއްޗެއް ކެވިފައިވާނަމަ، އަދި ކުރިއަށް މުހިންމު މީޓިންގްތަކެއް ހުރި ނަމަ އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުމަށް ލިސްޓަރިން އިން އަނގަ ދޮވެލާށެވެ.