ބްރެސްޓް ކެންސަރާއި މެދު ހޭލުންތެރިކުރުވުމަށް ބޭނުންކުރާ ޕިންކް ރިބަން

ބްރެސްޓް ކެންސަރުގެ އަލާމާތްތައް

ބްރެސްޓް ކެންސަރަކީ، ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން އެންމެ އާންމު އެއް ބާވަތުގެ ކެންސަރަކީ ބްރެސްޓް ކެންސަރެވެ. ނަމަވެސް މިއީ ހަމައެކަނި އަންހެނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. ފިރިހެނުންނަށްވެސް މި ކެންސަރު ޖެހެއެވެ.

ވޯލްޑް ކެންސާރ ރީސާޗް ފަންޑްގެ ދިރާސާތަކުން ދައްކާ ގޮތުން ކޮންމެ އަހަރަކު، ބްރެސްޓް ކެންސަރުގެ ދެ މިލިއަނަށްވުރެ ގިނަ ކޭސް އަލަށް ރަޖިސްޓާ ކުރެވެއެވެ.

ބްރެސްޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކަށް؟

އަންހެނުންނަށް: ބްރެސްޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑީ އަންހެނުންނަށެވެ. ނަމަވެސް ކުރިންވެސް ފާހަގަކޮށްލި ފަދައިން މިއީ ފިރިހެނުންނަށްވެސް މި ބާވަތުގެ ކެންސަރު ޖެހެއެވެ.

ކުރިން ބްރެސްޓް ކެންސަރު ޖެހިފައިވާ މީހުން: ބްރެސްޓް ކެންސަރު ޖެހި، ފަރުވާ ލިބިފައިވާ މީހަކަށް އަލުން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އާއިލާ މީހަކަށް ބްރެސްޓް ކެންސަރު ޖެހިފައިވުން: މަންމަ، ދައްތަ، އަންހެން ދަރިފުޅަށް ބްރެސްޓް ކެންސަރު ޖެހިފައިވުމަކީ ބްރެސްޓް ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

ބަރުދަން އިތުރު މީހުން: ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހުންނަ މީހުންނާއި އާދަޔާ ހިލާފަށް ބަރު މީހުންނަށް ބްރެސްޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހަގު އުމުރެއްގައި ޕީރިއަޑްވުން: ދިރާސާތަކުން ދައްކާ ގޮތުން އުމުރުން 12 އަހަރުވުމުގެ ކުރިން ޕީރިއަޑްވުމަކީ ބްރެސްޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

ދޮށީ އުމުރުގައި އަލަތު ދަރިފުޅު ލިބުން

ކައިވެނިނުކޮށް ތިބޭ އަންހެނުން

މި އަލާމާތްތައް ފެންނަނަމަ ފަރުވާކުޑަނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދާ

ބްރެސްޓް ނުވަތަ ބްރެސްޓް ކައިރި ހިސާބެއްގައި ނޫނީ ކިހިލިފަތުގައި ބޯވެފައިވާ ތަންތަން، ނުވަތަ ހަރުތަންތަން ހުރުން ނުވަތަ ގަނޑުލާފައި ހުރުން

ބްރެސްޓަށް ތަދުވުން

ބްރެސްޓްގެ ސައިޒް ނުވަތަ ޝޭޕަށް ބަދަލު އައުން

އޮރެންޖްގެ ބޭރު ރޮށީގައި ހުންނަ ގޮތަށް ބްރެސްޓްގެ ހަން ބަދަލުވުން