ކުދިން ގަޑިއަށް ނިދާނަމަ އޭގެ ފައިދާ މައިންނަށްވެސް ކުރޭ: ދިރާސާ

ތުއްތު ކުދިން ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިންޖަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ތުއްތު ކުދިން، ރަނގަޅަށް ގަޑިއަށް ނިދާކަމުގައިވާނަމަ ފައިދާ ކުރަނީ ހަމަ އެކަނި އެ ތުއްތު ކުއްޖާއަށް އެކަންޏެއް ނޫނެވެ. އެ ކުދިންގެ މައިންނަށްވެސް ފައިދާ ކުރެއެވެ.

ކޮންމެ ދުވަހަކުވެސް ވަކި ގޮތަކަށް ދުވަސް ބައްޓަން ކުރެވިގެން ދާނަމަ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވެއެވެ. ނަމަވެސް ގިނަފަހަރު ދިމާވާ ގޮތުން، ބެލެނިވެރިން ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކުދިންގެ ކޮންމެ ދުވަހެއްގެ ތާވަލަށް ބުރަވެގެންދެއެވެ. ހަށިގަނޑަށް ރަނގަޅު ކާނާ އާއި ކަސްރަތު ބޭނުންވާ ފަދައިން ނިންޖަކީވެސް ހަމަ އެހާ މުހިންމު އެއްޗެކެވެ. ހަމަ އެހެންމެ ގަޑިއަށް ނިދުމަކީ ކުދިންނަށް އަދި ކުދިންގެ މައިންނަށްވެސް މުހިންމު ކަމެކެވެ.

ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގަޑިއަށް ނިދާކުދިންގެ މައިން ތިބެނީ އުފަލުގައެވެ. މިކަން ދިރާސާކުރުމަށް މިކަމުގެ ތަޖުރިބާކާރުން ވަނީ ބައެއް އާއިލާތަކުގެ ދުވަހުގެ ތާވަލު ގެންގުޅޭ ގޮތް ދެ އަހަރު ވަންދެން ބަލައިފައެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި ރޭގަނޑު 8:30 ވާންވާއިރަށް ނިދާ ކުދިންގެ މަންމައިން ނަފުސާނީ ކަންކަމާ ދުރުވެ އުފަލުގައި ތިބެއެވެ.

މައިން އުފަލުގައި ތިބެން މެދުވެރިވާ ސަބަބަކީ، އެ ކުދިން ގަޑިއަށް ނިދުމުން މައިންނަށް ލިބޭ ވަގުތު ދިގުވެ މައިން ކުރަންޖެހޭ އެހެން ކަންކަމަށް ވަގުތު ލިބުމެވެ.

ޕިންކީ

ވ.ރަގަޅު ވާހަކައެއް