ކޮންމެ ދުވަހަކު ހެނދުނު ސައި ބުއިމުން ލިބޭ 3 ފައިދާ

ސަޔަކީ ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ބޮވިދާނެ ބުއިމެކެވެ. ރޯގާޖެހިގެން އުޅޭއިރު، ގިނަގިނައިން ސައި ބުއިމުން ރޯގާގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާއި ދުރުކޮށްދެއެވެ. ސަޔަކީ މިނޫނަސް ސިއްހީ ފައިދާތަކެއް އޭގައި އެކުލެވިގެންވާ އެއްޗެކެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދިނުން

ސައިގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން، މެޓަބޮލިޒަމް ވަރުގަދަކޮށްދެއެވެ. އަދި ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީތައް ނައްތާލާ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

ކަސްރަތުން ރިކަވާވުމަށް އެހީވެދޭ

އަލަށް ކަސްރަތުކުރަން ފަށައިގަންނައިރު، ހަށިގަނޑުގެ މަސްތަކުގައި ރިއްސުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ހަށިގަނޑަށް ބުރަ ކަސްރަތުތައް ކުރާނަމައެވެ. ކަސްރަތަށްފަހު ހަށިގަނޑުގެ މަސްތަކުގައި ރިއްސާނަމަ ސައި ތައްޓެއް ބޯލުމުން މަސްތަކަށް ލުއިވެގެންދާނެއެވެ. މީގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި ފެނިގެންދާނީ ކަސްރަތަށްފަހު ގަވާއިދުން ސައި ތައްޓެއް ބޯނަމައެވެ.

ލޭގައި ހަކުރު ހުންނަ މިންވަރު ހަމަޔަކަށް އަޅުވައިދިނުން

ސައިގައި ހުންނަ ޕޮލީފެނޮލްގެ ސަބަބުން، ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމަޔަކަށް އަޅުވައިދެއެވެ. ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހަކު ހެނދުނު ސައި ތައްޓެއް ބޯނަމަ ހަކުރު ކޮންޓްރޯލް ކުރަން އެހީވެދެއެވެ.