މާސިޑިޒް ކާރެއް ފައިލް ފޮޓޯ މާސިޑިޒް ބެންޒް ފޭސްބުކް ޕޭޖް

އޮޕަރޭޝަނެއްގެ ސަބަބުން ނުކުޅެދުންތެރިއަކަށްވި އަނބިމީހާއަށް ހަދިޔާއަކަށް ކާރެއް

ސައުދީ އަރަބިއްޔާގައި ކުރި އޮޕަރޭޝަނެއްގެ ސަބަބުން ނުކުޅެދުންތެރިއަކަށްވި އަނބިމީހާއަށް، ފިރިމީހާ މާސިޑިޒް ބެންޒް ކާރެއް ހަދިޔާކޮށްފިއެވެ.

މި އޮޕަރޭޝަންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އަސިރް ރީޖަންގެ ހޮސްޕިޓަލެއްގައެވެ. ސައުދީއަށް ނިސްބަތްވާ ހަސަން ބިން މުހައްމަދު އަސިރި ގަބޫލުކުރާ ގޮތުގައި، އޭނާގެ އަނބިމީހާ ނުކުޅެދުންތެރިއަކަށްވީ ހޮސްޕިޓަލްގެ އިހުމާލުންނެވެ.

އެކަމުގެ ސަބަބުން އަނބިމީހާއަށް ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާ ތަހައްމަލުކުރަން ޖެހިފައިވާ ކަމަށާއި ސައިކޮތެރަޕީ ސެޝަން ނަގަން ޖެހިފައިވާ ކަމަށް އަސިރި ވަނީ ބުނެފައެވެ.

އަސިރި ބުނި ގޮތުގައި ކާރަކީ އީދު ހަދިޔާއެއްގެ އިތުރުން އަނބިމީހާއަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިން ހަދިޔާއެކެވެ. މިއީ އަނބިމީހާއަށް ލިބުނު އަނިޔާ އަދި ސްޓްރެސްއިން އަރައިގަތުމަށް ދެވުނު ކާރެއް ކަމަށްވެސް އަސިރި ވަނީ ބުނެފައެވެ.