ބަގް ފާހަގަކުރުމުން ގޫގުލް އިން ދޭ އިނާމު ބޮޑުކޮށްފި

ގޫގުލްގެ ސްމާޓްފޯނަކުން ބަގް ފާހަގަކުރާ ފަރާތްތަކަށް ދޭ އިނާމު ބޮޑުކޮށްފިއެވެ.

ބަގް ފާހަގަކުރާ ފަރާތްތަކަށް ދޭ އިނާމު، ގޫގުލް އިން ވަނީ ދެ ލައްކަ ޑޮލަރުން 1.5 މިލިއަން ޑޮލަރާއި ހަމައަށް އިތުރުކޮށްފައެވެ.

ގޫގުލް އިން ވަނީ މީގެ ކުރިންވެސް، ބަގް ފާހަގަ ކުރާ ފަރާތްތަކަށް އިނާމު ދީފައެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ބަގް ފާހަގަކުރި ފަރާތްތަކަށް ޖުމުލަ 4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ވަނީ ދީފައެވެ.

ބަގް ފާހަގަ ކުރާ ފަރާތްތަކަށް އިނާމު ދިނުމަކީ އާންމުކަމެކެވެ. އެގޮތުން އެޕަލް، ފޭސްބުކް އަދި ސެމްސަންގްގެ ސެކިއުރިޓީ މައްސަލަ ފާހަގަކުރުމުން އެ ފަރާތްތަކަށް އެ ކުންފުނިތަކުން އިނާމު ދެއެވެ.