ލެރީ އާއި ސާގޭ (2008 ވަނަ އަހަރު) އެކުގައި ނަގާފައިވާ ފޮޓޯއެއް: ގެޓީ އިމޭޖްސް

ގޫގުލްގެ ދެ ކޯ-ފައުންޑަރުން ގޫގުލްއާއި ދުރަށް

ގޫގުލް އިން ވަކިވާން ނިންމާފައިވާކަން، ގޫގުލްގެ ދެ ކޯ-ފައުންޑަރުން ކަމަށްވާ ލެރީ ޕޭޖް އާއި ސާގޭ ބްރިން އިއުލާނުކޮށްފިއެވެ.

ލެރީއަކީ ގޫގުލްގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އެލްފަބެޓްގެ ސީއީއޯއެވެ. ލެރީ މަގާމުން ވަކިވުމާއެކު ސީއީއޯ ކަމަށް ހަމަޖެހިގެންދާނީ ގޫގުލްގެ ސީއީއޯ ސުންދަރް ޕިޗާއީއެވެ. ސާގޭއަކީ އެލްފަބެޓްގެ ރައީސެވެ.

އެލްފަބެޓް އުފެދިގެން އައީ 2015 ވަނަ އަހަރު، ގޫގުލް ރީސްޓްރަކްޗާ ކުރުމުގެ ތެރެއިންނެވެ. އެލްފަބެޓް އުފައްދާ އެ ކުންފުނީގެ ބެލުމުގެ ދަށަށް ގޫގުލް ގެންދިޔައެވެ.

ލެރީ އާއި ސާގޭ މަޝްހޫރުވެފައިވަނީ، 1998 ވަނަ އަހަރު ކެލެފޯނިއާގެ ގަރާޖެއްގެ ތެރޭގައި ގޫގުލް އުފެއްދި މީހުންގެ ގޮތުގައެވެ.