އިސްތަށިގަނޑުގައި ޝޭމްޕޫ ބޭނުންކުރަންވީ ކިތައް ދުވަހުން؟

ބައެއް މީހުން ދެކޭ ގޮތުގައި، ކޮންމެ ދުވަހަކު ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮވުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އިސްތަށިގަނޑުގެ ރައްކަލަކަށް ކަމަށް ބުނެ ބައެއް މީހުން އެއްގޮތަކަށްވެސް ޝޭމްޕޫ ބޭނުން ނުކޮށް އުޅެއެވެ.

އަޅުގަނޑުމެން ހީކުރާހާ އަވަސްއަވަހަށް ޝޭމްޕޫ ބޭނުންކުރަން ނުޖެހިދާނެއެވެ. ޝޭމްޕޫ ބޭނުންކުރަން ޖެހޭ މިންވަރު ބިނާވެފައިވަނީ ތިމާ އިސްތަށިގަނޑު ސްޓައިލް ކުރަން ބޭނުންވާ ގޮތަށް އަދި އިސްތަށިގަނޑުގެ ވައްތަރަށް ބިނާކޮށެވެ.

"އަހަރެން އަބަދުވެސް، އަހަރެންގެ ކަސްޓަމަރުން ގާތު ބުނަން، ދެތިން ދުވަސް ވަންދެން ޝޭމްޕޫ ބޭނުން ނުކުރިޔަސް ރަނގަޅުވާނެ ކަމަށް" 92 ސެލޫން ހިންގަމުން އަންނަ އެމެރިކާގެ ޑްރައިބާރް ކުންފުނީގެ ފައުންޑަރު އަދި ހެއާ ސްޓައިލިސްޓް ތަޖުރިބާކާރު، އަލި ވެބް ބުންޏެވެ.

"ތެޔޮކަމެއް ހުންނަ އިސްތަށިގަނޑު ހުންނަ މީހުން ރަނގަޅީ ވީހާވެސް ގިނަ ދުވަހެއް ވަންދެން ޝޭމްޕޫ ބޭނުން ނުކުރުން" އޭނާ ބުންޏެވެ.

މާގިނައިން ޝޭމްޕޫ ބޭނުންކުރާނަމަ އިސްތަށިގަނޑު ހަލާކުވެއެވެ. އަދި މާގިނައިން ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮންނަ ނަމަ، އިސްތަށިގަނޑު ހިކޭ ގޮތް ދިމާވެއެވެ.

އިސްތަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ތެޔޮކަމެއް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދީ އިސްތަށިތައް އަދި ހަންގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން އިސްތަށިގަނޑު ކޮންމެ ދުވަހަކު ދޮންނަންވާނީ، އިސްތަށިގަނޑު ވަރަށް ބޮޑަށް ތެޔޮވެފައިވާ މީހުންނާއި، ވަރަށް ގަދަޔަށް ކަސްރަތު ކުރާ މީހުންނާއި، ތެތްފިނި މާހައުލުގައި އުޅޭ މީހުން އެކަންޏެވެ.

އާންމުކޮށް ކޮންމެ ދޭ ނުވަތަ ތިން ދުވަހަކުން އިސްތަށިގަނޑު ދޮވުމުން ރަނގަޅުވާނެއެވެ. އިސްތަށިގަނޑު މާބޮޑަށް ތެޔޮވެ، ކިލާވެ އަދި ކަހާނަމަ މިއީ އިސްތަށިގަނޑު ދޮންނަންވީ ކަމުގެ އިޝާރާތެކެވެ. އަދި އިސްތަށިގަނޑު ސްޓައިލްކުރުމަށް ހޫނުކޮށްގެން ބޭނުންކުރާ ސްޓައިލިންގް ޓޫލްސް ބޭނުންކުރާނަމަ، އަބަދުވެސް އިސްތަށިގަނޑު ރީތިކޮށް ދޮވެ ސާފުކުރުމަށްފަހު މިތަކެތި އިސްތަށިގަނޑުގައި ބޭނުން ކުރުމުން އިސްތަށިގަނޑު ގިނަ ވަގުތު ރީތިކަންމަތީ ހުންނާނެއެވެ.

ހަމަ އެހެންމެ އިސްތަށިގަނޑުގައި ކެރަޓިން ޓްރީޓްމަންޓް ބޭނުންކޮށްގެން ހަފުތާއަކު އެއްފަހަރު އިސްތަށިގަނޑު ދޮވުނަސް ރަނގަޅުވާނެއެވެ. ނަމަވެސް 14 ދުވަހަށްވުރެ ގިނަ ދުވަސްވަންދެން އިސްތަށިގަނޑު ނުދޮވެ ހުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ޒުބޭރު

ތަލަވީމަ ޝޭމްޕޫ ބޭނުމެއް ނުކުރަން. ވެދާނެ މިހާރު 20 އަހަރު