މައިކްރޮސޮފްޓް ޓީމްސް ދުވާލަކު ބޭނުންކުރާ މީހުންގެ އަދަދު 115 މިލިއަނަށް

މައިކްރޮސޮފްޓް ޓީމްސް ދުވާލަކު ބޭނުންކުރާ މީހުންގެ އަދަދު 115 މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން، މައިކްރޮސޮފްޓް ޓީމްސް ބޭނުންކުރާ ނިސްބަތް އިތުރުވާން ފެށިއެވެ. އެގޮތުން ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މައިކްރޮސޮފްޓް ޓީމްސް ބޭނުންކުރާ ނިސްބަތް ވަނީ އިތުރުވެގެން ގޮސްފައެވެ.

މައިކްރޮސޮފްޓް ޓީމްސް ދުވާލަކު ބޭނުންކުރާ މީހުންގެ އަދަދު 115 މިލިއަނަށް އަރާފައިވާއިރު މިއީ މީގެ ހަ މަސް ދުވަސް ކުރިއާ އަޅާބަލާއިރު 50 އިންސައްތަ އިތުރުވުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަ އޮފީސްތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުންތަކަށް އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ތެރޭގައި މައިކްރޮސޮފްޓް ޓީމްސް، ޒޫމް އަދި ގޫގުލް މީޓް ހިމެނެއެވެ.