ބޯވަ ފްރައިޑް ރައިސް

ބޭނުންވާނެ ތަކެތި

250 ގްރާމް ބާސްމަތީ ހަނޑޫ (ކައްކާފައި)

100 ގްރާމް ބޯވަ (ކުދިކޮށްކޮސާ ހަނާކޮށްފައި)

1 މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު

1 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1 ލޮނުމެދު (ގާނާފައި)

ހިކަނދި ފަތް

ލޮނު (ރަހަލާ ވަރަށް)

ކުކިން އޮއިލް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮ ފޮދެއް އަޅާށެވެ. ތެޔޮފޮދު ހޫނުވުމުން ފިޔ އަދި ހިކަނދިފަތް އަޅާ މީރުކޮށްލާށެވެ. އެއަށްފަހު ކައްކާފައި ހުރި ބަތާއި ހަވާދު ފިޔަވާ ބާކީހުރި ބާވަތްތައް އެއްކޮށް ތަވާއަށް އަޅުއްވާފައި މީރުކޮށްލާށެވެ. ދެން ހަވާދު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ބަތްކޮޅު އެއްކޮށްލާށެވެ. ބޯވަ ފްރައިޑް ރައިސް މިހާރު ތިހުރީ ތައްޔާރުކޮށް ނިމިފައެވެ.