ކަސްޓަޑް ބިސްކަޓް ޕުޑިން

1 ޖޯޑު ކަސްޓަޑް

7 ޖޯޑު ފެން

1 ދަޅު ގެރިކުރި

½ ޖޯޑު ހިކި މޭބިސްކަދުރު

މާރީ ބިސްކޯދު

½ ޖޯޑު ހަކުރު

½ ޖޯޑު ހިކިކިރު

1 ސައި ސަމުސާ ވެނިލާ އެސެންސް

ހަދާނެގޮތް

ފުރަތަމަ ތެއްޔަކަށް އަޅާފައި ކަސްޓަޑް އެއްކޮފައި ގިރާލާށެވެ. ހިކި މޭބިސްކަދުރުކޮޅު  އެއްކޮއްފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާލާށެވެ. ރޯފިލުމުން ގެރިކިރު އެއްކޮއްލާށެވެ. ½ ޖޯޑު ހަކުރު ވަކިން ތެއްޔަކަށް އަޅާފައި މުށިކުލަ އަރަންދެން ހޫނުކުރުމަށް ފަހު، އެސެންސާ އެއްކޮށް ކަސްޓަޑު ތެރެއަށް އަޅާފައި ރޯފިލުމުން އުނދުން މަތިން ބާލާށެވެ. ދެން ބިސްކޯދުތައް ޓްރޭއެއްގައި ½ ޖޯޑު ހިކިކިރު ފެނުގައި ގިރާފައި ބިސްކޯދުތަކުގެ މައްޗަށް އެޅުމަށްފަހު ރަނގަޅަށް ފޯވީމާ މައްޗަށް ކަސްޓަޑު އަޅާލާށެވެ. ހިހޫވީމައި ފްރިޖްގައި ބަހައްޓާށެވެ.