ލޯބީގެ ސަބަބުން ގިނައިން ކެވޭކަން އެނގޭތަ؟

ކެއުމަށް އިންސާފުކުރަނީ އެކަނި އިނދެތަ؟ ނޫނީ އާއިލާ ނުވަތަ އެކުވެރިންނާއެކުގައިތަ؟ ދިރާސާތަކުން ދައްކާ ގޮތުން، ތިމާދެކެ ލޯބިވާ ބަޔަކާއެކު ކެއުމަށް އިންސާފުކުރުމަކީ، ތިމާއަށް ގިނައިން ކެއުމަށް މަގުފަހިކުރުވާ ކަމެކެވެ.

ސަބަބަކީ މިއީއެވެ. ތިމާދެކެ ލޯބިވާ އާއިލާގެ މެންބަރުން ނުވަތަ ރައްޓެހިންނާއެކު ކެއުމަށް އިންސާފުކުރެވޭ ވަގުތަކީ އުފާވެރި ވަގުތުކޮޅެކެވެ. ގިނައިން ކެވޭ އެއް ސަބަބަކީ، އެ ވަގުތުކޮޅަކީ އުފާވެރި އަދި މަޖާ ވަގުތުކޮޅަކަށްވުމެވެ.

އެކަނި އިނދެ، ކެއުމަށް އިންސާފުކުރާ މީހަކު ބޭނުންކުރާނީ ވަރަށް ކުޑަ ޕޯޝަނެވެ. ނަމަވެސް އާއިލާ ނުވަތަ ރައްޓެހިންނާއެކު ކެއުމަށް އިންސާފުކުރާއިރު ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރެއެވެ. އާއިލާއެކު ރެސްޓޯރަންޓަކަށް ދިޔަ ކަމުގައިވިޔަސް ގިނަ ބާވަތްތަކުގެ ކާބޯތަކެއްޗަށް އޯޑަރު ދެވެއެވެ. އާއިލާ އަދި ރައްޓެހިންނާއެކު ޕާޓީއަކަށް ދިޔަނަމަވެސް ކަން އޮތީ މިހެންނެވެ.

އެހެން މިސާލެކެވެ. މާމަ ދަރިންދެކެ އާދަޔާ ހިލާފަށް ބޮޑަށް ލޯބިވާ މާމައިން އުޅެވެ. ދުވަސްކޮޅެއް ކޮށްލުމަށްފަހު މާމަ ގާތަށް ޒިޔާރަތްކޮށްލުމުން މާމައިން އަބަދުވެސް ކާންދޭން އުޅޭނެއެވެ. ގިނަ ފަހަރު މާމައާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރި މާމަ ބުނާވަރަކަށް ކާން ޖެހިފައި ތިބި މީހުން އުޅޭނެއެވެ.