މިއީ އަނބިދަށުވުމެއް ނޫން

ގޭތެރޭގެ މަސައްކަތްތައް ފިރިމީހާ ކުރުމަކީ "އަނބިދަށުވުން" ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަނބިމީހާއާއެކު ގޭތެރޭގެ މަސައްކަތްތަކުގައި ފިރިމީހާ ބައިވެރިވުމަކީ "އަނބިދަށުވުމެއް" ނޫނެވެ. ދެމަފިރިން އެކުގައި، ގޭތެރޭގެ މަސައްކަތްކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުކޮށްދޭ ކަމެކެވެ.

ބައެއް އާއިލާތަކުގައި، ދެމަފިރިންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. އަނެއްބައި އާއިލާތަކުގައި ވަޒީފާ އަދާކުރަނީ ފިރިމީހާއެވެ. މިފަދަ އާއިލާތަކުގައި ގޭތެރޭގެ މަސައްކަތްތައް ބެލެހެއްޓުމުގައި ހުންނަނީ އަނބިމީހާއެވެ.

ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އަނބިމީހާ އަދާކުރާ ދައުރަކީ ބުރަ މަސައްކަތެކެވެ. ފިރިމީހާވެސް އެކަން ތަޖުރިބާކޮށްލެވިދާނެއެވެ. ފިރިމީހާ އަދާކުރާ ވަޒީފާއިން ލިބޭ އޮފް ދުވަސްތަކާއި ޗުއްޓީ ދުވަސްތަކަކީ އަނބިމީހާއަށް ގޭގެ މަސައްކަތުން ޗުއްޓީއެއް ހޯދައިދެވިދާނެއެވެ.

އަންނައުނު ދޮވުމާއި، ކާބޯތަކެތި ތައްޔާރުކުރުމުގައި އަނބިމީހާއަށް ފިރިމީހާއަށް އެހީތެރިވެވިދާނެއެވެ. އެކުގައި ހޭދަކުރެވޭ މިފަދަ ވަގުތުތަކީ ލޯބި އިތުރުކޮށްދޭ ކަމެއްގެ އިތުރުން ހަނދާނުން ފުހެލަން އުނދަގޫ ވަގުތުތަކަށްވާނެއެވެ.

ގޭތެރެ ފޮޅާ ސާފުކުރުމާއި ފާހާނާ ސާފުކުރުމުގައިވެސް އަނބިމީހާއަށް އެހީތެރިވާށެވެ. މިކަމުން އަނބިމީހާގެ ބުރަ ދައުރު އިހުސާސް ކުރެވޭނެއެވެ.