ލޮގްއައުޓްވީ ޓެކްނިކަލް މައްސަލައަކުން: ވައިބާ

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް މީހުން ވައިބާއިން ލޮގްއައުޓްވެފައިވާ ކަމަށް ވައިބާ އިން ބުނެފިއެވެ.

ވައިބާ އިން ލޮގްއައުޓްވުމުން މައްސަލަ ހައްލުކުރުމަށް ވައިބާ އެޕްލިކޭޝަން އަންއިންސްޓޯލް އަދި ރިއިންސްޓޯލް ނުކުރުމަށް ވައިބާ އިން މިރޭ ކުރި ޓްވީޓެއްގައިވަނީ އެދިފައެވެ. ވައިބާ އަންއިންސްޓޯލް އަދި ރިއިންސްޓޯލް ކުރި ނަމަވެސް މައްސަލަ ހައްލު ނުވާނެ ކަމަށް ވައިބާ އިން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

ވައިބާ ވަރަށް އަވަހަށް ބޭނުން ކުރެވޭނެ ކަމަށްވެސް ޓްވީޓްގައި ބުނެފައިވެއެވެ. ވައިބާ އަކީ ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ.