ސެމްސަންގަށް ލިބުނު ފައިދާ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސެމްސަންގް ކުންފުންޏަށް ލިބުނު ފައިދާ 46 އިންސައްތަ އިތުރުވެއްޖެއެވެ.

ސެމްސަންގްއަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ލިބުނު ފައިދާ ވަނީ 6.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސެމްސަންގްގެ ގެލެކްސީ އެސް 21 ގެ ފޯނު ވިޔަފާރި އާއި ސެމްސަންގް ޓީވީ އަދި ހޯމް އެޕްލިއެންސްގެ ވިޔަފާރިވެސް ވަނީ ރަނގަޅުވެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސެމްސަންގްގެ މޯބައިލްގެ ވިޔަފާރި އާއި ފައިދާ ދަށްވާނެ ކަމަށް އެ ކުންފުނިން މިހާރު ވަނީ ލަފާކޮށްފައެވެ.

ސެމްސަންގް އާ ވާދަވެރި އެޕަލް ކުންފުނީގެ ފައިދާވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ.