ސެމްސަންގް ގެލެކްސީ އޭ71 5ޖީ

ސެމްސަންގް ގެލެކްސީ އޭ71 5ޖީ އެމެރިކާގައި ރިލީޒްކުރަނީ

ސެމްސަންގް ގެލެކްސީ އޭ71 5ޖީ، މިމަހުގެ 19 ވަނަ ދުވަހު އެމެރިކާގައި ލޯންޗްކުރުމަށް ހަމަޖެހިއްޖެއެވެ.

އެ ކުންފުނިން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން 6.7 އިންޗީގެ އެޖް-ޓު-އެޖް ސުޕަ އެމޯލެޑް ޑިސްޕްލޭއެއް ހުންނަ މި ފޯނުގެ އަގު ފެށެނީ 599.99 ޑޮލަރުންނެވެ.

ފޯނުގެ ފަހަތުގައި ހަތަރު ކެމެރާ ހުންނައިރު، މެއިން ކެމެރާއަކީ 64 މެގަޕިކްސެލްގެ ކެމެރާއެކެވެ. މި ފޯނުގެ ފަހަތުގައި ދެން ހިމެނެނީ 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑްލެންސް ކެމެރާއަކާއި ފަސް މެގަޕިކްސެލްގެ މެކްރޯ ކެމެރާއެއްގެ އިތުރުން ފަސް މެގަޕިކްސެލްގެ ކެޕްތު ކެމެރާއެކެވެ. ފޯނުގެ ސެލްފީ ކެމެރާއަކީ 32 މެގަޕިކްސެލްގެ ކެމެރާއެކެވެ.

ސެމްސަންގުން ހާމަކުރި ގޮތުގައި މި ފޯނުގެ ބެޓެރީއަކީ 4500އެމްއޭއެޗްގެ ފާސް-ޗާޖިން ބެޓެރީއެކެވެ. ސެމްސަންގުން ބުނި ގޮތުގައި ހަ ޖީބީގެ ރެމް އެއް ހުންނަ މި ފޯނުގެ އިންޓާނަލް ސްޓޯރޭޖްގައި 128 ޖީބީ ހުންނާނެއެވެ. އަދި އެއް ޓީބީގެ އެކްސްޓާނަލް ކާޑު ސަޕޯޓްކުރާނެ ކަމަށްވެސް ސެމްސަންގުން ވަނީ ބުނެފައެވެ.