ޗިކަން ލޮލީޕޮޕް

ބޭނުންވާ ތަކެތި:

20 – 25 ކުކުޅު ފައި

1 މޭޒުމަތީ ސަމުސާ އިނގުރު އަދި ލޮނުމެދު ޕޭސްޓް

3 – 4 މޭޒުމަތީ ސަމުސާ ރެޑް ޗިލީ ސޯސް

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ގްރީން ޗިލީ ސޯސް

1 މޭޒުމަތީ ސަމުސާ ވިނިގާ

1 ބިސް

8 މޭޒުމަތީ ސަމުސާ ގޮދަން ފުށް

4 މޭޒުމަތީ ސަމުސާ ޒުވާރި ފުށް

¼ ސައި ސަމުސާ ރަތް-އޮރެންޖް ކާކުލަ

ލޮނު އަދި އަސޭމިރުސް

ކައްކާ ތެޔޮ

 

ތައްޔާރުކުރާނެ ގޮތް

ކުކުޅު ފައި ތެރެއަށް އިނގުރު އަދި ލޮނުމެދު ޕޭސްޓް، ރެޑް ޗިލީ ސޯސް، ސޯޔާ ސޯސް، ގްރީން ޗިލީ، ވިނިގާ، ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލުމަށްފަހު މެރިނޭޓްކޮށްލުމަށް 30 މިނެޓް ވަންދެން ބަހައްޓާށެވެ.

އެއަށްފަހު މެރިނޭޓް ކުރި ކުކުޅު ފައި ތެރެއަށް، ގޮދަން ފުށް، ޒުވާރި ފުށް، ކާކުލަ އަދި ބިސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ކުކުޅު ފައިގައި ރަނގަޅަށް އެތަކެތި ކޯޓްކޮށްލާށެވެ.

ދެން ތަވާއަށް ތެޔޮ ފޮދެއް އަޅާ ހޫނުވުމުން، ގިނި މެދު މިންވަރެއްގައި ބަހައްޓައިގެން ކުކުޅު ފައިތައް ރަނގަޅަށް ރަތްވެލަންދެން ތެލުލާށެވެ.

މިހާރު މިހިރީ ޗިކަން ލޮލީޕޮޕް ތައްޔާރުވެފައެވެ.