އެންމެ ބޮޑު އާމްދަނީއެއް ލިބުނު ގޭމްއަކަށް "ފޯޓްނައިޓް"
އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޮންލައިން ވީޑިއޯ ގޭމަކަށް އަނެއްކާވެސް "ފޯޓްނައިޓް" ވެއްޖެއެވެ.
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޮންލައިން ވީޑިއޯ ގޭމަކީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ފޯޓްނައިޓް" އެވެ. 2018 ވަނަ އަހަރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އޮންލައިން ވީޑިއޯ ގޭމަކީ "ފޯޓްނައިޓް" އެވެ.
މި ގޭމަށް މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ޑޮލަރު ލިބިފައެވެ. ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން "ފޯޓްނައިޓް" އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ 2018 ވަނަ އަހަރު ލިބުނު އާމްދަނީ އަށްވުރެ 25 އިންސައްތަ ދަށް މިންވަރެކެވެ.
މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިތުރު ގޭމްތަކުގެ ތެރޭގައި "ކޭންޑީ ކްރަޝް" އާއި " ޕޮކެމޮން ގޯ" ފަދަ ގޭމްތައް ހިމެނެވެ.