ޖީމެއިލްއަށް ވެރިފައިޑް ބެޖު

ޖީމެއިލް އިން ވެރިފައިޑް ބެޖް – ބްލޫ ޗެކްމާކް ތައާރަފުކުރަން ނިންމައިފި އެވެ.

މިއާއެކު އީމެއިލް ލިބިފައިވަނީ ލެޖިޓިމޭޓް މަސްދަރަކުންކަން ނުވަތަ ސްކޭމް އީމެއިލްއެއްކަން ދެނެގަންނަން ފަސޭހަވާނެ ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ.

ވެރިފައިޑް ޗެކްމާކް ބިނާވެފައިވަނީ ޖީމެއިލްގެ މިހާރު ހުރި ބްރޭންޑް އިންޑިކޭޓާސް ފޯ މެސެޖް އައިޑެންޓިފިކޭޝަން ފީޗާގެ މައްޗަށެވެ.

ގޫގުލް އިން ވަނީ ޗެކްމާކް ބެޖު ފެންނާނެ ގޮތް ދައްކާލާފަ އެވެ. އަދި ޗެކްމާކްގެ މައްޗަށް ހޯވާކޮށްލުމުން "މި އީމެއިލް ފޮނުވި ފަރާތް ކަށަވަރުކުރެވިފަ" ކަމަށް އަރާނެ އެވެ.