ލިފްޓްގެ ބަދަލުގައި ސިޑި ބޭނުން ކުރުމުގެ ފައިދާ

ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށްޓަކައި، ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން، ސިއްހަތަށް ފައިދާ ހުރި ޑައިޓެއް ގެންގުޅެމުން ގަވާއިދުން ކަސްރަތު ކުރުމުން ބަރުދަން ލުއިކުރުމަށް އެހީވެދެއެވެ.

ނަމަވެސް ދިރިއުޅުމުގައި އުޅެން ޖެހޭލެއް ބުރަކަމުން ކަސްރަތު ކުރުމަށް އޮންނަނީ ވަގުތު ނުދެވިފައެވެ. މި ގޮތަށް ބުރަކޮށް އުޅެމުންވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާންމު ދިރި އުޅުމުގައިވެސް ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ. ކޮންމެ ދުވަހަކު ލިފްޓް ބޭނުން ކުރުމުގެ ބަދަލުގައި ސިޑި ބޭނުން ކުރުމަކީ މި ގޮތުން ކުރެވިދާނެ ކަމެކެވެ.

ލިފްޓްގެ ބަދަލުގައި ސިޑި ބޭނުން ކުރުމުން، ލޭގެ ޕްރެޝަރު މަތިވުމާއި ހަކުރު ބަލި ޖެހުމުން ރައްކާތެރިކޮށްދެއެވެ. ސިޑިން ކޮންމެ ދުވަހަކު އަރާ ފައިބާނަމަ އާތުރައިޓިސްގެ ވަރަށް އާންމު ވައްތަރެއް ކަމަށްވާ "އޮސްޓިއޯޕޮރޯސިސް" އިން ރައްކާތެރިކޮށްދެއެވެ.

ސިޑިން އަރާ ފޭބުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްގެ އިތުރުން ފުއްޕާމޭގެ ބާރު ވަރުގަދަކޮށްދޭ ކަމެކެވެ.