ކޮފީއަކީ ސިއްހަތަށް ރަނގަޅު އެއްޗެއްތަ؟

އާނއެކެވެ. ކޮފީއެއް ބޯލަންވީއެވެ. ދެ ތަށި ކޮފީވެސް ރަނގަޅުވާނެއެވެ. މިއީ މީހާގެ ސިއްހަތު ރަނގަޅުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.

ގާތްގަނޑަކަށް 20000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާ ދައްކާ ގޮތުގައި ކޮފީ ބުއިމުން މީހާގެ އުމުރު ދިގުކޮށްދެއެވެ.

ކޮފީގެ ސަބަބުން ވަރަށް ގިނަ ބަލިތައް ޖެހުމުން ފުރުސަތު ކުޑަކޮށްދެއެވެ. އޭގެ ތެރޭގައި ޓައިޕް 2 ޑައިބިޓީސް، އަލްޒީމިއާ އަދި ހަމުގެ ކެންސަރު ހިމެނެއެވެ. ކޮފީއަކީ ގުދުރަތީ ގޮތުން އުފެދޭ އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ

ދަ ކެކް ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރެއް ކަމުގައިވާ ވެންޑީ ސެޓިއާވަން ވިދާޅުވި ގޮތުގައި ކޮފީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ލިވާގެ މަސައްކަތްތައް ރަނގަޅުކޮށްދެވެ.

ގިނަ މީހުންނަށް ކޮފީއަކީ ރަނގަޅު އެއްޗެއްކަމުގައި ވީނަމަވެސް، މާބަނޑު މީހުން މާ ބިނައިން ކޮފީ ބުއިން އެހާ ރަނގަޅެއް ނޫނެވެ.

މިހާތަނަށް ހޯދިފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ދުވާލަކު 200 މިލިގްރާމަށްވުރެ ގިނައިން ކެފޭން ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔުމަށް ނުވަތަ ދުވަސް ނުފުރާ ވިހެއުމަށް އެކަށީގެންވާ ކަމެއް ކަމަށް އެމެރިކަން ކޮލެޖް އޮފް އޮބްސްޓޭރިޔަންސް އެންޑް ގައިނޮލޮޖިސްޓްގެ ޑޮކްޓަރު ޖޯސެފް ވެކްސް ވިދާޅުވިއެވެ.

ހިތުގެ ބަލި ހުންނަ މީހުންވެސް، ދުވާލަކު 2 ތަށި ކޮފީއަށްވުރެ ގިނައިން ބޭނުން ނުކުރުމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.