ޕިއްޒާ ސޭންޑްވިޗް!

ބޭނުންވާ ތަކެތި:

ޕާން

ފިޔާ (ކޮށާފައި)

ބެލް ޕެޕާ (ކޮށާފައި)

ބަޓަރ (ނުވަތަ އޮލިވް އޮއިލް)

ޗީސް (ބޭނުން ވައްތަރެއް)

ކަށި ނެތް ކުކުޅު (ކައްކާފައި، ކޮށާފައި)

އޮރެގާނޯ ސްޕައިސް

ޕިއްޒާ ސޯސް

ހަދާނެގޮތް:

ޕާން ފޮތީގައި ދެފަރާތުގައިވެސް ބަޓަރު (ނުވަތަ އޮލިވް އޮއިލް) ހާކާށެވެ. އެޔަށްފަހު އެއްފަރާތުގައި ޕިއްޒާ ސޯސް ހާކާށެވެ. ޕިއްޒާ ސޯސް މައްޗަށް ޗީޒް އަޅާށެވެ. ދެން އޮރެގާނޯ ސްޕައިސް ކޮޅެއް މައްޗަށް އެޅުމަށްފަހު ޓޮޕިންގެ ގެ ގޮތުގައި ހުރި ކުކުޅު ކޮޅާއި، ފިޔާއާއި، ބެލް ޕެޕަރ ބޭނުންވަރަކަށް އަޅާށެވެ. މަތިން އެހެން ޕާން ފޮއްޗެއް ބޭއްވުމަށްފަހު ސޭންޑްވިޗް މޭކާއަކުން ފިހެލާށެވެ.

ނޯޓް: ޓޮޕިންގެ ގޮތުގައި ބޭނުން އެއްޗެއް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް މަޝްރޫމް ނުވަތަ ސްވީޓް ކޯންވެސް ބޭނުން ކުރެވިދާނެއެވެ.