ބްރައުންޑް ބަޓަރ ގަރލިކް ހަނީ ޗިކަން

ބޭނުންވާ ތަކެތި:

6 މޭޒުމަތީ ސަމުސާ ބަޓަރު

4 މޭޒުމަތީ ސަމުސާ މާމުއި

6 ލޮނުމެދު (ކުދިކޮށް ކޮށާފައި ނުވަތަ ގާނާފައި)

3-2 ސަމުސާ ލުނބޯ ހުތް (1 ލުނބޯގެ ހުތް)

1 ކުކުޅު ކޮށާފައި

ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް

ހަދާނެ ގޮތް:

މަޑު ގިނީގައި ބަޓަރު ކޮޅު ވިރުވާލާށެވެ. އެއަށްފަހު މަޑުމަޑުން ދޭފަތަކުން ހާކާފައި، ފޮނު އަރަންދެން ބަޓަރު ކޮޅު ބަހައްޓާށެވެ. ފޮނުކޮޅު ކުޑަކޮށް މަދުވުމުން ބަޓަރު ހުންނާނީ މުށިކުލަ އަރާފައެވެ. އެއަށްފަހު މާމުއި ކޮޅު ބަޓަރު ތެރެއަށް އަޅާށެވެ. މާމުއި ބަޓަރު ތެރެއަށް އެއްކޮށް ވިރެންދެން ދޭފަތުން ހާކާލާށެވެ. މާމުއި ވިރުމުން އެއަށް ލޮނުމެދު ކޮޅު އަޅާލާށެވެ. ރަނގަޅަށް ދޭފަތުން ހުރިހާ އެއްޗެއް އެއްކޮއްލާށެވެ. އަދި ލުނބޯ ހުތް ކޮޅު އަޅާލާށެވެ. (ލުނބޯ ހުތް އަޅާއިރު ބަޓަރު ތިކި ބުރައިދާނެ ކަމަށް ސަމާލުވާށެވެ.)

ދެން އަނެއްކާވެސް ރަނގަޅަށް ދޭފަތުން ހާކާލާށެވެ. މި ހެދި ބްރައުންޑް ބަޓަރ ގާރލިކް ސޯސް ކުޑަކޮށް އޮލަވަންދެން ކައްކަލާށެވެ. އޮލަވުމުން ކުކުޅު ކޮޅު މަޑުމަޑުން ތަވާގައި އަތުރާލާށެވެ. ހުރިހާ ކުކުޅު މަސް ކޮޅެއްވެސް ސޯސްގައި ޖެހޭވަރުގެ ތަވައެއް ބޭނުން ކުރުން ރަނގަޅެވެ. ކުކުޅުގެ މައްޗަށް ލޮނާއި އަސޭމިރުސް ބުރުވާލާށެވެ. (ބޭނުންނަމަ ސޯސް ހެދުމުގެ ކުރިން ކުކުޅުގައި ލޮނާއި އަސޭމިރުސް ލައިފައިވެސް ބެހެއްޓިދާނެއެވެ.) ސަމުސަލެއް ބޭނުން ކޮށްގެން ކުކުޅުގެ މައްޗަށް ތަވާއިން ސޯސް ނަގާފައި އަޅާށެވެ. މަތި ޖަހާފައި ރަނގަޅަށް ކައްކާލާށެވެ. 10 ވަރަކަށް މިނެޓް ފަހުން ހުރިހާ މަސްތަކެއް ފުށުން ޖަހާލާށެވެ. އަނެއްކާވެސް މަތި ޖަހާފައި ކައްކާށެވެ. ކުކުޅުން ނުކުންނަ ފެންގަނޑު ހިނދެންދެން މިގޮތަށް ކައްކާލާށެވެ. ފެން ގަނޑު ހިނދޭއިރު ކުކުޅު ކޮޅު ހުންނަންވަނީ މުށި ކުލައިގައެވެ. އަދި ބާކީ ސޯސްވެސް ހުންނާނެއެވެ.

ނޯޓް: ކުޅިކޮށް ހަދާނަމަ ސޯސް ތެރެއަށް ގިތެޔޮ މިރުސް ކުދިކޮށް ކޮށާފައި އެޅިދާނެއެވެ.

ޯކ

އޯކޭ