ޕީއެސްގެ ބަގް ބައުންޓީ ޕްރޮގްރާމެއް ފަށައިފި
ޕްލޭސްޓޭޝަން 4 ކޮންސޯލް އަދި ޕްލޭސްޓޭޝަން ނެޓްވޯކް ޕަބްލިކްގެ ބަގް ބައުންޓީ ޕްރޮގްރާމެއް ފަށައިފިއެވެ.
ސޮނީ ކޯޕޮރޭޝަންސް އިން ބުނީ ބަގް ބައުންޓީ ޕްރޮގްރާމް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ސެކިއުރިޓީ ރީސާޗް ކުރާ ފަރާތްތަކާއި ގޭމް ކުޅޭ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ސޮނީ ކޯޕޮރޭޝަންސް އިން ވަނީ ބުނެފައެވެ.
ޕީއެސް 4 ގެ ކްރިޓިކަލް ބަގްސް ފާހަގަ ކުރާ ފަރާތަކަށް 50،000 ޑޮލަރު ދިނުމަށް ނިންމާފައިވާއިރު ޕްލޭސްޓޭޝަން ނެޓްވޯކްގެ ކްރިޓިކަލް ބަގްސް ފާހަގަކުރާ ފަރާތަކަށް 3000 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ޕްލޭސްޓޭޝަން ނެޓްވޯކްގެ ލޯ-ރިސްކް ބަގް ފާހަގަ ކުރާ ފަރާތަކަށް 100 ޑޮލަރު ދިނުމަށް ނިންމާފައިވާއިރު މީޑިއަމް-ރިސްކް ބަގް ފާހަގަ ކުރާ ފަރާތަކަށް 400 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ޕްލޭސްޓޭޝަން ނެޓްވޯކްގެ ހައި-ރިސްކް ބަގް ފާހަގަކުރާ ފަރާތަކަށް 1000 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
ޕީއެސް 4 ގެ ލޯ-ރިސްކް ބަގް ފާހަގަ ކުރާ ފަރާތަކަށް 500 ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، މީޑިއަމް-ރިސްކް ބަގް ފާހަގަ ކުރާ ފަރާތަކަށް 2500 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ޕީއެސް 4 ގެ ހައި-ރިސްކް ބަގް ފާހަގަކުރާ ފަރާތަކަށް 10،000 ޑޮލަރު ދިނުމަށް ސޮނީ ކޯޕޮރޭޝަންސް އިން ވަނީ ނިންމާފައެވެ.