އަރާމުކޮށް ނިދާލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

އިންސާނާގެ ހަށިގަނޑާއި ސިކުނޑީ ފުރިހަމައަށް މަސައްކަތް ކުރުމުގައި ނިންޖަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެވަރެޖްކޮށް ކޮންމެ މީހަކަށްވެސް، ކޮންމެ ދުވަހަކު ގާތްގަނޑަކަށް ހަތް ގަޑިއިރާއި އަށް ގަޑިއިރުގެ ނިދި ބޭނުންވެއެވެ.

ނިދަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ބައެއް މީހުންނަށް ނިދުމަކީ ވަރަށް އުނދަގުލުން ކުރެވޭ ކަމެކެވެ. ނިދި މަދުވުމަކީ ހަށިގަނޑާއި ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

ކޮޓަރީގެ ފިނިހޫނުމިން

އަރާމުކޮށް ނިދާލުމަށް، ތިމާއަށް ފަސޭހަ ފިނިހޫނު މިނެއްގައި ކޮޓަރީގެ ފިނިހޫނުމިން ހުންނަން ޖެހެއެވެ. ކޮޓަރި މާބޮޑަށް ހޫނުވުމަކީ ނުވަތަ ފިނިވުމަކީވެސް ނިދުމަށް ނިދުމަށް ހުރަސް އަޅާ ކަންކަމެވެ.

ކޮޓަރިއަކީ ވަރަށް ހޫނުގަދަ ތަނެއް ނަމަ، ނިދުމުގެ ކުރިން ފެންވަރާލުމަކީވެސް ނިދަން ފަސޭހަކޮށްދޭ ކަމެކެވެ.

ކޮޓަރީގެ އަލިމިން

ނިދަން ފަސޭހައީ ކޮޓަރި އަލިކޮށްގެން ހެއްޔެވެ؟ ނުވަތަ ވަރަށް ބޮޑަށް އަނދިރިކޮށްލައިގެން ހެއްޔެވެ؟ އެކި މީހުންނަށް ފަސޭހައީ އެކި ގޮތެވެ. ތިމާއަށް ފަސޭހައީ ކޮން ގޮތެއްތޯ ދެނެގަންނާށެވެ.

ކެއުންތަކާއި ދުރުވުން

ރޭގަނޑު ނިދާ ގަޑި ކައިރިވަމުންދާއިރު، ބޮޑެތި ކެއުންތަކާއި ދުރުވާން ޖެހެއެވެ. ނިދާ ގަޑި ކައިރިވެފައި ވަނިކޮށް ގިނައިން ކެއުމަކީ ނިންޖަށް ހުރަސް އަޅާ ކަމެކެވެ. މިއީ އެތެރެ ހަށީގެ މަސައްކަތްތައް ބުރަށް ކޮށްދޭ ކަމެކެވެ.

ހަމަޖެހިލުން

އަރާމުކޮށް ނިދާލަން ބޭނުން ނަމަ، ރޭގަނޑު ނިދާ ގަޑި ކައިރިވަމުންދާ ވަރަކަށް، ވީހާވެސް ބޮޑަސް ހިޔާލުތަކާއި ވިސްނުންތަކާއި ދުރުވާށެވެ. މީގެ ނަތީޖާ ޔަގީނުންވެސް ފެންނާނެވެ.

ފޯނު ފަދަ ޑިވައިސްތަކާއި ދުރުވުން

ފޯނު، ޓެބްލެޓް، ވީޑިއޯ ގޭމް ފަދަ ޑިވައިސް ބޭނުން ކުރުމަކީ ނިންޖާއި ދުރުކޮށްދޭ ކަންކަމެވެ. މިފަދަ ޑިވައިސްތައް ބޭނުންކުރުމުގައި އެތައް ވަގުތެއް ހޭދަކުރެވިގެންދާއިރު، ވަގުތު ހޭދަވެގެންދާ ގޮތްވެސް ގިނަ ފަހަރު ނޭނގެއެވެ.