ޕްލޭންގް އިންކް ޗައިނާގައި މަނާކޮށްފި

އިނގިރޭސިވިލާތުގެ އެންޑެމިކް ކްރިއޭޝަންސް އިން އުފައްދާފައިވާ ގޭމް، "ޕްލޭންގް އިންކް" ޗައިނާގައި މަނާކޮށްފިއެވެ.

މިއީ އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްގައި ކުޅެވޭ ގޭމްއެކެވެ. މި ގޭމްގައި، ނުރައްކާތެރި ވައިރަހެއް ފަތުރާލައެވެ.

ޗައިނާގައި ގޭމް މަނާކުރުމާއި ގުޅިގެން، އެންޑެމިކް ކްރިއޭޝަނުން ބުނީ ޗައިނާގައި ގޭމް މަނާކޮށްފައި އޮތް އޮތުން އިޔާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގޭމް އިޔާދަކުރުމުގައި ދަތިތަކެއް ހުރިކަން އެ ޑިވެލޮޕަރުން ވަނީ ފާހަގަކޮށްފައެވެ.

ގޭމް މަނާކޮށްފައި މިވަނީ، ކޮރޯނާ ވައިރަސް ފެތުރެމުން ދަނިކޮށެވެ. ގޭމް މަނާކުރީ އެކަމުގެ ސަބަބުން ކަން ބުނަން ނޭނގޭ ކަމަށްވެސް ގޭމްގެ ޑިވެލޮޕަރުން ވަނީ ބުނެފައެވެ.

މި ގޭމްއަކީ މީގެ އަށް އަހަރުކުރިން ތައާރަފުކުރި ގޭމްއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 130 މިލިއަނަށްވުރެ ގިނަ މީހުން މި ގޭމް ކުޅެއެވެ.