ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓު އުދުއްސާލަނީ

މަސްކްގެ ރޮކެޓް ގޮވައިފި

އީލާން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ އާ ރޮކެޓް "ސްޓާޝިޕް"ގެ ދަތުރުގެ ތެރޭގައި ގޮވައިފި އެވެ.

ޓެކްސަސްގެ އިރުމަތީ އައްސޭރިފަށުން ބުރާސްދަތި ދުވަހު އުދުއްސާލި ރޮކެޓް ގޮވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މިހާތަނަށް އުފެއްދި އެންމެ ބޮޑު ރޮކެޓް އުދުއްސާލިތާ ދެތިން މިނެޓް ތެރޭގައި ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ.

މި ހާދިސާއާ ގުޅިގެން މަސްކް ބުނީ އޭނާގެ ކުންފުނިން އަނެއްކާވެސް ރޮކެޓެއް އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.