ޝަވާ ޕޮފް އިން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު
ފެންވަރާއިރު ހަށިގަނޑުގައި ހުންނަ މިލަތައް ފިލުވުމަށް ޝަވާ ޕޮފް ބޭނުންކުރުމަކީ ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް ހަމުގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުން ބުނާ ގޮތުން ޝަވާ ޕޮފް އިން ލިބޭ ފައިދާއަށްވުރެ އޭގެ ސަބަބުން ލިބޭ ގެއްލުންތައް ގިނައެވެ.
ޝަވާ ޕޮފް ބޭނުންކުރަނީ މިލަތަކާއި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ހަށިގަނޑުން ފިލުވުމަށެވެ. ހަށިގަނޑުން ފިލުވުމަށް މަސައްކަތްކުރާ މިތަކެތި ހަރުލަނީ ޝަވާ ޕޮފްގައެވެ. ޝަވާ ޕޮފް ތެމުމަށްފަހު ރަނގަޅަށް ނުހިކޭނަމަ އޭގައި ހުރި ޖަރާސީމުތައް އިތުރުވެގެންދެއެވެ.
ހަމުގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުން ބުނާ ގޮތުން ޝަވާ ޕޮފް ބޭނުންކޮށްގެން އިއްޔެ ހަށިގަނޑުން މިލަތައް ފިލުވާލިއެވެ. މިއަދު އެ ޝަވާ ޕޮފް ބޭނުންކުރުމުން މުޅި ހަށިގަނޑުގައި އެ އުނގުޅެނީ އިއްޔެ ހަށިގަނޑުން ފިލުވާލި މިލަތަކާއެކު ޖަރާސީމެވެ. ފާހާނާގެ މާހައުލުގެ ސަބަބުން އެތަން ވެގެންދަނީ ޖަރާސީމު ރަސްކަންކުރާ ތަނަކަށެވެ.
ދިރާސާތަކުން ދައްކާ ގޮތުން ޝަވާ ޕޮފް ބޭނުން ކުރުމުން އިންފެކްޝަނެއް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހަކަށް މީގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ދިޔުން އެކަށީގެންވެއެވެ.
ޝަވާ ޕޮފް ބޭނުންކުރާނަމަ އަވީގައި ބާއްވައިގެން ރަނގަޅަށް ހިއްކުމަށް ހަމުގެ ޑޮކްޓަރުން ލަފާދެއެވެ.
އައިޝާ
މިލަ ފިލާނީ ތި އުނގުޅައިގެންނޭ