ގުލާބް ޖާމުން ހަދާނެ ގޮތް

ބޭނުންވާ ތަކެތި

1 ޖޯޑު ހަކުރު

3 ކާފުރު ތޮޅި

1 ½ ޖޯޑު ފެން

1-2 ތިކި ލުނބޯ ހުތް (ބޭނުން ނަމަ)

½ ހިކި ކިރު

1 މޭޒުމަތީ ސަމުސާ ގޮދަން ފުއް

ކުޑަ ކުޑަ ބޭކިން ސޮޑާ ކޮޅެއް

2-3 މޭޒުމަތީ ސަމުސާ ކިރު

1 މޭޒުމަތީ ސަމުސާ ވިރުވާފައި ހުރި ބަޓަރު

ތެލުލަން ބޭނުން ކުރަން ތެޔޮ

ހަދާނެ ގޮތް

ސުގަރ ސިރަޕް ހެދުމަށް ހަކުރު ކޮޅާއި ކާފުރު ތޮޅި ކޮޅާއި ފެންފޮދު ތެއްޔަކަށް އަޅާފައި މެދު ގިނީގައި ކައްކާ ލާށެވެ. ފެން ފޮދު އޮލަވާ ވަރަކަށް 8-10 މިނެޓް ވަންދެން ކައްކާލާފައި ފަހަށް ސުގަރ ސިރަޕް ފޮދު ބަހައްޓާށެވެ. ސުގަރ ސިރަޕް އަށް ލުނބޯ ހުތް ޖެހުމުން ސިރަޕް ހަރު ގިނަވަގުތު ވަންދެން ހުންނާނެއެވެ. ލުނބޯ ހުތް ނުޖެހިޔަސް ރަނގަޅުވަނެއެވެ. ½ ޖޯޑު ހިކި ކިރު، ގޮދަން ފުށާއި އިނގިލި ކުރިން ނެގޭ ވަރުގެ ބޭކިން ސޮޑާ ކޮޅު ތައްޓަކަށް އަޅާލާފައި އެއްކޮށްލާށެވެ. ވިރުވާފައި ހުރި ބަޓަރު ކޮޅު އަތުން އެއްކޮއްލާށެވެ. މޮޑެމުން ދާ ވަރަކަށް މަދުމަދުން ދިޔާ ކިރު ކޮޅު އެއްކުރަމުން ދާށެވެ. ގުޅަ ހެދޭވަރު ތެއްކަން ހުންނަ، މާ ދިޔާނޫން ފުއްގަނޑަކަށް ވާންދެން މޮޑެލާށެވެ. ގުޅަ ހަދާއިރު އަތުގައި ތެޔޮ ލުމަށްފަހު، ރެނދުނުލާ ގުޅަ ވައްކުރެވޭތޯ ބަލާށެވެ. ރެނދުލާނަމަ އަދ ފުއްގަނޑު ތެތް ކޮއްލަފައި މޮޑެލާށެވެ. ތެޔޮ ފޮދު މެދު މިންވަރަކަށް ހޫނު ކޮއްލާފައި ގުޅަތައް  މެދު ގިނީގައި ތެލުލާށެވެ. 2-3 މިނެޓް ތެރެގައި ގުޅަތައް މަޑު މުށި ކުލައަށް ބަދަލުވާނެއެވެ. ރަނގަޅަށް މުށި ކުލައެރުމުން އެ ތެލުލެވުނީ އެވެ. 2 ގަޑި އިރު ވަންދެން ގުޅަތަތް ސުގަރ ސިރަޕްގައި ބަހައްޓާލާށެވެ. އޭރުން ގުޅައިގެ ސައިޒް ބޮޑުވާނެއެވެ. މިހަރު ހުންނާނީ ކާން ތައްޔާރުވެފައެވެ.