ދަތްތައް ދުޅަހެޔޮކޮށް ބަހައްޓާނީ ކިހިނެތް؟

ދަތާއި މެދު ބަހައްޓަންޖެހޭ ފަރުވާތެރިކަން ދެވޭ ހެއްޔެވެ؟ ދަތުގައި ރިއްސާތީ އުޅޭ މީހުންނާއި ދަތްފަނި ކާތީ އުޅޭ މީހުން މަދެއް ނޫނެވެ. ގިނަ ފަހަރު މިފަދަ ކަންކަން މެދުވެރިވަނީ ދަތާއި މެދު ބަހައްޓަންޖެހޭ ފަރުވާތެރިކަން ނުދެވޭތީއެވެ.

ދަތަކީ ފުޅީގެ މަތި ނަގަން ހުރި އެއްޗެއް ނޫން

ފޮޓޯގައިވާ ފަދަައިން، ބައެއް ފަހަރު ފުޅިފަދަ ތަކެތީގެ މަތި ނެގުމަށް މީހުން ބޭނުން ކުރަނީ ދަތެވެ. ހިމަ ވާގަނޑެއް ބުރިކޮށްލުމަށްވެސް ބައެއް މީހުން ބޭނުންކުރަނީ ދަތެވެ. އެހެން ނަހަދާށެވެ. ދަތްތައް ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންނަމަ މިކަންކަމުން ދުރުވާށެވެ.

ދަތް އުނގުޅުމަށް ސަމާލުވޭ

ކޮންމެ ދުވަހަކުވެސް މަދުވެގެން ދެ ފަހަރު، ރަނގަޅަށް ދަތް އުނގުޅާށެވެ. ދަތް އުނގުޅުމަށް ރަނގަޅު ބުރުހަކާއި ރަނގަޅު ބޭހެއް އިހުތިޔާރުކުރާށެވެ. ދަތް އުނގުޅަންވާނީ ފަރުވާތެރިކަމާއެކުގައެވެ. ދަތްތައް ހަޑިކޮށް ހުރުމުން އެއްބުރުން ރީތިކޮށްލުމަށް ހިރުގަނޑުން ލޭ އަންނަވަރު ކޮށްނުލާށެވެ.

ފިނި ބުއިންތަކުން ދުރުވާން ޖެހޭ

ފްރިޖްގައި އައިސްކިއުބް ތައްޔާރުކޮށް، "ޗުއިމްގަމް" އެއްހެން އަނގައަށް ލައިގެން އުޅުނު މީހުން ޔަގީނުންވެސް މަދެއް ނުވާނެއެވެ. ހަމައެކަނި އައިސްކިއުބް އެއް ނޫނެވެ. ފިނިބުއިންތަކުންވެސް ދަތަށް ގެއްލުންވެއެވެ. އައިސްކިއުބް އަދި ފިނިބުއިންތަކުން ދަތުގެ އެތެރޭގައިވާ ސޮފްޓް ޓިޝޫތަކަށް ގެއްލުންވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ ސިއްހީ މައްސަލަތައް އެހާ ގިނައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަތަށް ގެއްލުން ހުރިކަމެއްގެ އިތުރުން އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.

މަނަ

ކޮބަ ފަރުވާއަކީ ހުސްވެސް ގެއްލުންވާ ކަންތަކުގެވާހަކަ އޮތީ