އިންސްޓަގްރާމްގައި އެއްފަހަރާ ހަތަރު މީހުންނަށް ވީޑިއޯ ޗެޓްކުރެވޭ ފީޗާއެއް

އިންސްޓަގްރާމްގައި އެއްފަހަރާ ހަތަރު މީހުންނަށް ވީޑިއޯ ޗެޓްކުރެވޭ ފީޗާއެއް ތައާރަފުކޮށްފިއެވެ.

އަލަށް ތައާރަފުކުރެވުނު މި ފީޗާ، ހުރިހާ ގައުމެއްގައި މިހާރު ބޭނުން ކުރެވޭނެ ކަމަށް އިންސްޓަގްރާމްއިން ވަނީ ބުނެފައެވެ. ހަތަރު މީހުންގެ ވީޑިއޯ ޗެޓްވެސް ވަގުތުން ބްރޯޑްކާސްޓްކުރެވޭނެ ކަމަށް އިންސްޓަގްރާމްއިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އިންސްޓަގްރާމްގައި ވީޑިއޯ ޗެޓް ކުރެވެއެވެ. ނަމަވެސް އޭރު ވީޑިއޯ ޗެޓް ކުރެވެނީ ދެ މީހުންނަށެވެ. ދެ މީހުންގެ ވީޑިއޯ ޗެޓްވެސް ވަގުތުން ބްރޯޑްކާސްޓްކުރެވެއެވެ.

އެއްފަހަރާ ވީޑިއޯ ލައިވް ޗެޓް ކުރެވޭ މީހުންގެ އިތުރުކުރުމުގެ ސަބަބުން ޓޯކް ޝޯ، ސުވާލާއި ޖަވާބު ނުވަތަ ޓިއުޓޯރިއަލްއެއް ކުރިއަށްގެންދަން އިތުރު އުފެއްދުންތެރި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އިންސްޓަގްރާމްއިން ވަނީ ބުނެފައެވެ.