ވިކިޕީޑިއާގެ ޑެސްކްޓޮޕް ވިއު ރިޑިޒައިން ކުރަނީ

މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓް، ވިކިޕީޑިއާގެ ޑެސްކްޓޮޕް ވިއު ރިޑިޒައިން ކުރަން ނިންމައިފިއެވެ.

ވިކިޕީޑިއާ ލޯންޗްކުރީ 2001 ވަނަ އަހަރުއެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި، ވިކިޕީޑިއާގެ ޑެސްކްޓޮޕް ވިއު ރިޑިޒައިން ކުރާ ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިކިޕީޑިއާގެ ޑެސްކްޓޮޕް ވިއުގެ އާ ޑިޒައިންއާއެކު، އެ ވެބްސައިޓުން މައުލޫމާތު ހޯދުމުގައި މިހާރަށްވުރެ ފަސޭހަވާނެއެވެ. އެގޮތުން ޓޭބަލް އޮފް ކޮންޓެންޓްސް ފެންނަން އިނުމުން ބޭނުންވާ މައުލޫމާތު ހޯދަން ފަސޭހަވާނެއެވެ. އޭގެ އިތުރުން ވިކިޕީޑިއާގެ އިން-ސައިޓް ސާޗް ޓޫލްވެސް އިތުރަށް ހަރުދަނާކުރާނެއެވެ.

އާ ޑިޒައިން ފައިނަލް ކުރުމުގެ ކުރިން، އާ ޑިޒައިންއާއެކު އަންނަ ފީޗާސްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭނެ ކަމަށް ވިކިޕީޑިއާއިން ވަނީ ބުނެފައެވެ. ވިކިޕީޑިއާގެ ޑެސްކްޓޮޕް ވިއު ރީޑިޒައިންކުރާއިރު، މޯބައިލް ވާޝަން ރީޑިޒައިން ކުރާނެކަން ނުވަތަ ނޫންކަން އަދި ހާމައެއް ނުކުރެއެވެ.