ރަނގަޅަށް ނުނިދެންޏާ ހައްލަކީ ކަނޑުމަސް!

ނިދަން އުނދަގޫވޭ ހެއްޔެވެ؟ ނިދަން މަސައްކަތްކޮށްގެންވެސް ނުނިދި އޮންނަން ޖެހޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ކެއުމުގައި ގިނައިން ކަނޑުމަހުގެ ބާވަތްތައް ހިމަނާށެވެ. އޮމެގާ-3 ހިމެނޭ ކަނޑުމަސް ކެއުމަކީ ނިދަން އެހީވެދޭ ކަމެއްގެ އިތުރުން ސިކުނޑީގެ ތޫނުފިލިކަން އިތުރުކޮށްދޭ ކަމެކެވެ.

ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ އިން ވަނީ ޗައިނާގެ 541 ކުދިން ބައިވެރިކޮށްގެން ދިރާސާއެއްކޮށްފައެވެ. އޮމެގާ-3 ހިމެނޭ ކަނޑުމަސް ކާން ދީގެން ކުރި މި ދިރާސާގެ މަގުސަދަކީ އެ ކުދިންގެ ނިދުމަށް އަންނަ ބަދަލުތައް ބެލުމެވެ.

ދިރާސާ އިން ހާމަވި ގޮތުގައި ކަނޑުމަސް ގަވައިދުން ކާ ކުދިންގެ ނިދުން، އެހެން ކުދިންނަށްވުރެ ރަނގަޅެވެ.

ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާއިން އެނގުނު އަނެއް ކަމަކީ، ކަނޑުމަސް ގަވައިދުން ކާ ކުދިންގެ ސިކުނޑީގެ ތޫނުފިލިކަން އިތުރުކަމެވެ. ޔުނިވާސިޓީން ހާމަކުރި ގޮތުގައި ކަނޑުމަސް ގަވައިދުން ކާ ކުދިންގެ އައި.ކިޔު ޓެސްޓުން، ކަނޑުމަސް ގަވައިދުން ނުކާ ކުދިންނަށްވުރެ 4.8 ޕޮއިންޓް އިތުރު ކަމަށް ދައްކައެވެ.